Roadha Mihaaru
ތަރައްގީ ބޭނުންވާނަމަ ކެމްޕެއިން ވަރުގަދަކުރޭ: މުއިއްޒު

އައްޑޫގެ ތާއީދާ މެދު މުއިއްޒު ހިތްހަމަޖެހޭ، އިތުރަށް ކެމްޕެއިން ވަރުގަދަ ކުރަން ބޭނުންވޭ

22 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވި ތަރައްގީ އަލުން ވެސް ބޭނުންވާ ނަމަ މި ރިޔާސީ އިންތިހާބަށް ބާކީ މި އޮތް ދުވަސްތަކުގައި ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް، ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އޭނާގެ ސަޕޯޓަރުންނަށް މިއަދު ގޮވާލައްވައިފި އެވެ.

އިފްރާޒް އަލީ ސ. މަރަދޫފޭދޫން އިފްރާޒް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވި ތަރައްގީ އަލުން ވެސް ބޭނުންވާ ނަމަ މި ރިޔާސީ އިންތިހާބަށް ބާކީ މި އޮތް ދުވަސްތަކުގައި ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް، ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އޭނާގެ ސަޕޯޓަރުންނަށް މިއަދު ގޮވާލައްވައިފި އެވެ.

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ބާކީ ދެން އޮތީ 18 ދުވަހެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް އައްޑޫ މަރަދޫގަަައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގަައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް އައްޑޫ މަރަދޫގަަައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގަައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް މުއިއްޒު އައްޑު އަށް ކުރައްވާ ދަތުރުގައި މިއަދު ހެނދުނު ވަނީ ފޭދު އާއި މަރަދޫފެދު އާއި ފޭދޫގައި ޕީޕީއެމްގެ ޖަގަހަތައް ހުޅުއްވައިދެއްވައިފަ އެވެ.

މި ރަށްރަށުގައި ކެމްޕެއިނަށް އޮތް ފޯރި ފެނިވަޑައިގެން، މުއިއްޒު ވިދާޅުވީ އިންތިހާބަށް ބާކީ މި އޮތް މަދު ދުވަސްކޮޅު ވަރުގަދަ ކެމްޕެއިނެއްކޮށް، ކާމިޔާބީ ހޯދިދާނެ ކަމަށެވެ. އައްޑޫ މީހުން އޭނާއަށް އިއްޔެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކިޔާފައިވާ ހޫނު މަރުހަބާ މުއިއްޒު ޝުކުރު ވެސް އަދާކުރެއްވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް އައްޑޫ ފޭދޫގަައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް އައްޑޫ ފޭދޫގަައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މަގުއްދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ވައުދުތައް ވަނީ އެ ސިޔާސަތުތައް ތަންފީޒު ކުރެވޭނެ ވަރުގެ ރަނގަޅު ފޯމިއުލާ ނުވަތަ ކުރެވޭނެ ގޮތާ އެކުގައި ކަމަށެވެ. އާންމުންނާ ހަމައަށް ގެނެސްދެނީ ފަސޭހައިން ގަބޫލުކުރެވޭނެ ވައުދުތަކެއް ކަމަށާއި އޮޅުން އަރާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"މިހާތަނަށް ވެސް ރައީސް ޔާމީންގެ ޒައާމަތުގައި އަޅުގަނޑުމެން ވާނީ ނަތީޖާ ނެރެ ދީފައި. ދެން ވެސް މި ސިޓީއަށް ކުރަން ހުރި ކަންކަމުގައި އަޅުގަނޑުމެން ދައްކާ ހުރިހާ ވާހަކައެއް، ހުށަހަޅާ ކޮންމެ ހުށަހެޅުމެއް، ޕްލޭން ކުރާ ކޮންމެ ކަމެއް އެއީ ކުރެވޭނެ ވަރުގެ ކަންކަން ކަން ފަސޭހައިން ގަބޫލުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"އެގޮތަށް މި ކެމްޕެއިން މަސައްކަތް ގެންގޮސްދެއްވީމާ ރައްޔިތުންނަށް ވަރަށް ފަސޭހައިން ގަބޫލުކުރެވޭނެ މި ފަހަރު މި ސިޓީގެ ރައްޔިތުން ހިޔާރު ކުރަންވީ އަޅުގަނޑުމެންކަން."

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް އައްޑޫ ފޭދޫގަައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް އައްޑޫ ފޭދޫގަައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ހުޅުމީދު-މީދޫ ދެމެދުގައި ސިނަމާލެ ބްރިޖާ އެއް ފެންވަރުގެ ވަރުގަދަ ބްރިޖެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އައްޑޫގެ ޓޫރިޒަމާއި އިގުތިސާދު ކުރިއެރުވުމަށް 6،000 އެނދާއެކު "އައްސޭރި ޓޫރިޒަމް" ތައާރަފުކޮށް، 10،000 ވަޒީފާ އުފައްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބްރިޖާއެކު އައްޑުއަށް ހީނުކުރާވަރުގެ ތަރައްގީއެއް އަންނާނެ އެވެ.

މުއިއްޒު އައްޑު އަށް ކުރައްވާ މި ދެ ދުވަހުގެ ދަތުރުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.