Roadha Mihaaru
ސަރުކާރުގެ "ހަމަލާތަކަށް" ރައްދު ދޭނީ ވޯޓުން: އަދުރޭ

މި ސަރުކާރުގެ "ހަމަލާތަކަށް" ރައްދު ދޭނީ ވޯޓުން: އަދުރޭ

22 އޯގަސްޓް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެމުންދާ ބަހުގެ ހަމަލާތަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށާއި އެ "ހަމަލާތަކަށް" ރައްދު ދެެއްވާނީ ރިޔާސީ އިންތިހާބުގެ ވޯޓުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ސ. މަރަދޫން އިފްރާޒް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެމުންދާ ބަހުގެ ހަމަލާތަކަށް އެއްވެސް ފަރުވާލެއް ނެތް ކަމަށާއި އެ "ހަމަލާތަކަށް" ރައްދު ދެެއްވާނީ ރިޔާސީ އިންތިހާބުގެ ވޯޓުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ސ. މަރަދޫ ޖަގަހަ ހުޅުވުމަށް މެންދުރު ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ އެ ކޯލިޝަންގެ ތެރޭގައި ފިތުނަ އުފައްދައި، ބައިބައިކޮށްލަން ބަޔަކު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެ ފުރުސަތު ވާދަވެރިންނަށް ނުދިނުމަށް އަދުރޭ އެދިވަޑައިގަތެވެ.

ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އަދުރޭ ވިދާޅުވި ގޮތުގައި، އެ ވާހަކަތައް ފަތުރަނީ ޕީޕީއެމް/ޕީއެންސީ އަކީ ކޯނޗެއް ކަން ވާދަވެރިންނަށް ނޭނގޭތީ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް އައްޑޫ މަރަދޫގަަައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގަައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނަށް އައްޑޫ މަރަދޫގަަައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގަައި އޭނާ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ޕީޕީއެމްއަކީ ޕީއެންސީ. ޕީއެންސީއަކީ ޕީޕީއެމް. މި ދެ ޕާޓީއަކީ ރައީސް ޔާމީން. އެހެންވީމާ ޕީޕީއެމް އިން ނުކުތަސް، ޕީއެންސީން ނުކުތަސް އެ ނުކުންނަނީ ރައީސް ޔާމީން ނެރުއްވި ކެންޑިޑޭޓް،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުالله ޔާމީން ބޭނުންފުޅުވީ އެ މަނިކުފާނަށް މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެއްވޭ ހާލަތަކަށް ދިޔުމުން، ޔާމިން ގެންގުޅުއްވި ސިޔާސަތުތައް އެގޮތުގައި ދަމަހައްޓައި، ތަންފީޒުކުރެވޭ ވަރުގެ އަދި އެ މަނިކުފާނު ގެނެސްދެއްވި ތަރައްގީ ހަމަ އެގޮތުގައި ގެނެވޭ ވަރުގެ އެ ތަޖުރިބާ ހުރި، ގާބިލް ބޭފުޅަކު އިންތިހާބަށް ނެރުއްވުމަށް ކަމަށެވެ.

އެ ހުރިހާ ކޮލިޓީއެއް ހުރި ބޭފުޅަކީ މުއިއްޒު ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ވާދަވެރިން "ހާސްވެގެން" އުޅެނީ މުއިއްޒަށް އޮތް ތާއީދު ފެނިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަތޮޅުތަކަށް ކުރާ މި ދަތުރުން އަޅުގަނޑުމެންނަށް އޮތް ތާއިދު ގިނަކަން އެނގޭ. އެ ތާއީދު ކުރަމުން ދިޔަަވަރަކަށް ވާދަވެރިންގެ ހަމަލާތައް ގިނަވާނެ، އެއީ ބަލިވަމުން ދާއިރު ކުރެވެން އޮތް ކަމެއް ކޮށްފައިތާ ދާނީ. އެއީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު މި ވަގުތު މާ ބޮޑަށް ރައްދުދޭކަށް ނެތިން،" އަދުރޭ ވިދާޅުވި އެވެ.

މުއިއްޒުގެ ކެމްޕެއިނާ ދިމާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގެ ތަރުޖަމާން، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކޮންމެ ދުވަހަކު މިހާރު ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްތަކުގައި ދަނީ ޕީޕީއެމް/ޕީއެންސީ އަދި މުއިއްޒަށް ބަހުގެ ހަމަލާތައް ދީ، ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް މާރިޔާ ފާހަގަކުރައްވާ ވަކި ކަންކަމަށް މުއިއްޒާއި ޕީޕީއެމް/ޕީއެންސީން މިހާތަނަށް ރައްދެއް ނުދެ އެވެ.