15 އޯގަސްޓް 2023
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް، ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، އެކަމަށް ޔޫރޮޕިއަން ޔޫނިއަންގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް، ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، އެކަމަށް ޔޫރޮޕިއަން ޔޫނިއަންގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
ރިޔާސީ އިންތިހާބު މޮނިޓާ ކުރުމަށް ރާއްޖެ ފޮނުވާ ޓީމުގެ ޗީފަކަށް ހަމަޖައްސާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރް ވަނީ މިއަދު ވަނީ ނަޝީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.
މި ބައްދަލުވުމުގައި ނަޝީދުގެ އަރިހުގައި މަޖިލީހުގެ އަމީންއާންމާއި ކައުންސެލް ޖެނެރަލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.
އީޔޫ އޮބްޒާވަރުން މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުން؛ އިންތިހާބަށް ގެއަށް ބަދަލުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އީޔޫގައި ނަޝީދު އެދިވަޑައިގެންނެވި-- ފޮޓޯ: މަޖިލިސް
މަޖިލީހުގެ އިދާރާއިން ބުނީ އިންސާފުވެރި، މިނިވަން އިންތިހާބެއް ބޭއްވުމަށް ޓަކައި ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެހީތެރިވުމަށް އީޔޫގެ އޮބްޒާވަރުންގެ އަރިހުން ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ކެމްޕެއިން ޖަލްސާތަކުގައި ވެސް ނަޝީދު ގެންދަވަނީ ޔާމީނު މިނިވަންކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ޔާމީން މިނިވަން ކުރެވޭނީ ޑިމޮކްރެޓްސް އަށް ކަމަށާއި އެހެންކަމުން އިންތިހާބުގައި އެ ޕާޓީއަށް ތާއީދުކުރުމަށް ނަޝީދު ވަނީ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑުގެ ރަހުމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން. އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން. ބައިނަލްއަގްވާމީ ފަރާތްތަކާ އެކުގައި ވާހަކަ ދައްކަން ވެސް ދާނެ. އެކިއެކި ބައިނަލްއަގްވާމީ ވަކީލުން ރާއްޖެ އައިސް ވަކާލާތު ވެސް ކުރައްވާނެ،" ޔާމީންގެ ވެރިކަމުގައި ނަޝީދު ޖަލަށް ލުމުން މިނިވަންވުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ބައެއް ވަކީލުން ގެންނެވި ގެންނެވުމަށް އިޝާރާތް ކުރައްވައި ކެމްޕެއިނު ޖަލްސާއެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.
ޔާމީނު މިނިވަންކުރުމަށް ނަޝީދު ގޮވާލައްވަމުން ދަނީ އެމްއެމްޕީއާރުސީގެ ވައްކަމުގައި 200 އަށް ވުރެ ގިނަ މީހުން ހިމެނޭއިރު އެންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް، ފަސް އަހަރު ވުމުން އެއީ އިންސާފު ކަމަކަށް ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ އެވެ.
ޔާމީން ހައްޔަރުކޮށްފައިވާ މައްސަލާގައި ޕީޕީއެމުން ވަނީ ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. އެކަމަށް އެ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ސަމާލުކަން ނުދޭ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ފާޅުކުރާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ޔާމީން މިނިވަންކުރަން ޝަރުއީ ނިޒާމަށް ނުވަދެވޭނެ:އީޔޫ
ރިޔާސީ ކެންޑިޑޭޓުންގެ މާލީ ހަރަދުތަކުގައި ހާމަކަމެއްނެތް
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އިންތިހާބުގެ ކަންކަން ދިޔައީ ދެފުށްފެންނަ ގޮތަށް: އީޔޫ
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
"އަޅުގަނޑު ވާދަ ކުރި ނަމަ އިންތިހާބު ކާމިޔާބު ވާނެ"