މި އަހަރުގެ ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ބާއްވަން، މިވަގުތު ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް، ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާއި ޝަރުއީ މަރުހަލާގެ ތެރެއަށް ވަދެ، ވަކި ގޮތަކަށް ކަމެއް ކުރަން ނާންގާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަން އޮބްޒަވޭޝަން ޓީމުން މިއަދު ބުނެފި އެވެ.
17 އޯގަސްޓް 2023
މި އަހަރުގެ ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ބާއްވަން، މިވަގުތު ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް، ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާއި ޝަރުއީ މަރުހަލާގެ ތެރެއަށް ވަދެ، ވަކި ގޮތަކަށް ކަމެއް ކުރަން ނާންގާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަން އޮބްޒަވޭޝަން ޓީމުން މިއަދު ބުނެފި އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އީޔޫގެ އޮބްޒަވޭޝަން މިޝަންގެ މަސައްކަތް ފަށާފައިވާއިރު، އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދުގެ އެދިވަޑައިގަތުމާ ގުޅޭގޮތުން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓު މެމްބަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ، އެ މިޝަނާ ހަވާލު ކޮށްފައިވާ ޒިންމާއަކީ އިންތިހާބު އޮބްޒާވް ކުރުން ކަމަށާއި ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާއި ޝަރުއީ މަރުހަލާގެ ތެރެއިން ހިނގާ ކަންކަމާ މެދު ހިޔާލުދީ ނުހެދޭނެ ކަމަށެވެ.
"ނަޝީދަށް އަޅުގަނޑު ދެންނެވިން، ޔާމީންގެ މައްސަލައާ ގުޅޭގޮތުން ޝަރުއީ ނިޒާމުގެ ތެރޭގައި އޮތް ކަމަކާ މެދު އެއްޗެއް ބުނެ، ވަކި ކަމެއް ކުރަން ނޭންގޭނެ ކަމަށް. އަޅުގަނޑުމެންނާ ހަވާލުކުރެވިފައިވާ މެންޑޭޓަކީ މި އިންތިހާބު އޮބްޒާވް ކުރުން،" އަމޯ ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ވެސް އީޔޫގެ މިޝަނަކުން އޮބްޒާވަކުރި ކަން ފާހަގަކުރައްވައި، އަމޯ ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ހަރަކާތްތެރިވަނީ މިހާތަނަށް ހަރަކާތްތެރިވާ އެންމެ ބޮޑު ޓީމު ކަމަށެވެ.
އަމޯ ރާއްޖެއަށް ކުރެއްވި ހަ ދުވަހުގެ ދަތުރުގައި ވަނީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި އިންތިހާބާ ގުޅޭ މުއައްސަސާތަކާއި ރިޔާސީ ކެންޑިޑޭޓުންގެ އިތުރުން މީޑިއާ އަދި މަދަނީ ޖަމިއްޔާތަކާ ވެސް ބައްދަލުކުރައްވައިފަ އެވެ.
"އަޅުގަނޑު އުއްމީދުކުރަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކުން ވެސް އިންތިހާބުގެ ކުރިންނާއި އިންތިހާބުގެ ތެރޭގައި އަދި ފަހުން ވެސް ޑިމޮކްރެޓިކް އަސާސްތައް ހިފަހައްޓައި، އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކެމްޕޭނު ކުރުމުގައި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ބައެއް ރަށްރަށުގައި ހިނގި ހަމަނުޖެހުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެކަމަށް ސީދާ ޖަވާބެއް ސަންޗޭޒް އަމޯ ނުދެއްވަ އެވެ.
އިންތިހާބުގެ ކަންކަމާ މެދު އީޔޫގެ މިޝަނަށް ފާހަގަކުރެވުނު ހުރިހާ ކަމެއް، އިންތިހާބަށް ފަހު ނެރޭ ރިޕޯޓުގައި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ތަގުރީރު ކުރައްވަނީ
ރިޔާސީ ކެންޑިޑޭޓުންގެ މާލީ ހަރަދުތަކުގައި ހާމަކަމެއްނެތް
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ނަޝީދާއި މައުމޫން އަދި ގާސިމަށް އިމްރާންގެ ނަސޭހަތެއް!
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ބަރުލަމާނީ ގަރާރު އަވަސްކުރަން އެއްބަސްވެއްޖެ
"ނިޒާމީ ވޯޓަށް ޔާމީނާ ބައްދަލުކޮށް އެހީއަށް އެދޭނަން"