28 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން އެމަނިކުފާނު ވާދަ ކުރެއްވި ނަމަ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން އެމަނިކުފާނު ވާދަ ކުރެއްވި ނަމަ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރަން ނިންމެވީ ޒުވާން ޖީލަށް އެ ފުރުސަތު ހުޅުވާލުމުގެ ބޭނުމުގައި ކަމަށެވެ.
އެމަނިކުފާނުގެ ހަޔާތުގައި އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އާ ޖީލަށް އެ މަސައްކަތް އިތުރަށް ކުރަން ނުޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިމަތިލި ނަމަ އަޅުގަނޑަށް ހީވަނީ ހޮވޭނެ ހެން." ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިލްޔާސް އަށް ލިބިވަޑައިގަތީ 15،839 ވޯޓެވެ. އެއީ ހަތް ޕަސެންޓެވެ.
އެއީ ނަޝީދު ކުރިމަތިލެއްވި ނަމަވެސް ލިބިވަޑައިގަންނަވާނެ ވޯޓުތޯ ދެންނެވުމުން ވިދާޅުވީ އެމަނިކުފާނަކީ ވަކި ސައިޒެއް ނުވަތަ ބާރާއި ނުފޫޒު ހުރި މީހެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި ވަކި އުސޫލުތަކާއި ހަމަތަކެއް ހިފަހައްޓަވަން މަސައްކަތް ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ނުދެކެން އަޅުގަނޑަކީ އެއްވެސް އިރެއްގައި ނުފޫޒު ގަދަ މީހެއް ގޮތުގައެއް،" ނަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެހާ ޒުވާން އުމުރުގައި ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން އިންތިހާބުގެ ފުރަތަމަ ބުރުގައި އިލްޔާސް ހޯއްދެވީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެހާ ބައިވަރު ފައިސާ އާއި ނުފޫޒާއި ނާޖާއިޒު އެތައް ކަމެއް ހިންގަމުން ދިޔައިރު އިލްޔާސް އެހާ ގިނަ ވޯޓު ހޯދުމަކީ އެ ބޭފުޅާގެ ކުޅަދާނަ ކަން." ނަޝީދު ވިދާޅުވި އެވެ.
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
ޑިމޮކްރެޓުން ވެސް ނިންމީ ޕާޓީއަކަށް ތާއީދު ނުކުރަން
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
ދެ ވަނަ ބުރާމެދު ޑިމޮކްރެޓުން މިރޭ ގޮތެއް ނިންމަނީ
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ވިސްނަންވީ އުފެދޭ ރިޔާސަތުގެ ބާރުތަކާ މެދު: ނަޝީދު
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ރައީސާ އެކުވުމަށް ނަޝީދު: "ދެން އެކަން ވާކަށް ނެތް"