18 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއިން މިރޭ ގޮތެއް ނިންމުމަށް ހަމަޖައްސައިފި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއިން މިރޭ ގޮތެއް ނިންމުމަށް ހަމަޖައްސައިފި އެވެ.
އެ ޕާޓީން ބުނި ގޮތުގައި، ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލުގައި މިރޭ 9 ޖަހާއިރު ބާއްވާ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ދެވަނަ ބުރާ މެދު ނިންމުމެއް ނިންމައި އެކަން އިއުލާނު ކުރާނެ އެވެ. މި ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އާންމުންނަށް ހުޅުވާލައިގެންނެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ ހޯދި އެ ޕާޓީން ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ނިޒާމީ ވޯޓެއް ނެގުމަށް ދެ ވަނަ ބުރަށް ދިޔަ ދެ ޕާޓީއަށް ވެސް ހުށަހަޅައިފަ އެވެ.
އެހެން ނަމަވެސް ޕީޕީއެމް އިން އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްގެން ކުރިޔަށް ދާން ބޭނުން ނުވާތީ، ފަހުން މަޝްވަރާ ކުރެވިފައިވަނީ ހަމައެކަނި އެމްޑީޕީއާއެކުގައި ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
ދެ ވަނަ ބުރާމެދު ގޮތް ނިންމުމަށް މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ އެމްޑީޕީ ފަހަތަށް އެރުމަށް ދެކޮޅު ހަދައިފަ އެވެ.
ތިން މަސް ދުވަހުގެ ކެމްޕޭނުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ފުރަތަމަ ބުރުގައި 15,000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.
ރާއްޖޭގައި ރިޔާސީ އިންތިހާބުތައް ކާމިޔާބު ކުރެވޭ ހަމައެކަނި ފޯމިއުލާ ކަމަށްވާ "އިއްތިހާދު"ވުމަށް އެމްޑީޕީ އާއި ޕީޕީއެމުން ވިސްނި ކަމުގައި ވިޔަސް ޑިމޮކްރެޓްސްގެ ވޯޓު މުހިއްމެވެ. މި އިންތިހާބުގައި ނަޝީދު ނުވަތަ ޑިމޮކްރެޓްސްގެ ނިންމުން މުހިއްމު ވަނީ އެހެންވެ އެވެ.
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
"އަޅުގަނޑު ވާދަ ކުރި ނަމަ އިންތިހާބު ކާމިޔާބު ވާނެ"
ޑިމޮކްރެޓުން ވެސް ނިންމީ ޕާޓީއަކަށް ތާއީދު ނުކުރަން
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ވިސްނަންވީ އުފެދޭ ރިޔާސަތުގެ ބާރުތަކާ މެދު: ނަޝީދު
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ރައީސާ އެކުވުމަށް ނަޝީދު: "ދެން އެކަން ވާކަށް ނެތް"