02 އޮކްޓޯބަރ 2023
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނ ބުރުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ހުރީ ދެފުށް ފެންނަ ގޮތަށް ކަމަށް އިންތިހާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަން އިން މިއަދު ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނ ބުރުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ހުރީ ދެފުށް ފެންނަ ގޮތަށް ކަމަށް އިންތިހާބު އޮބްޒާވްކުރި ޔޫރަޕިއަން ޔޫނިއަން އިން މިއަދު ބުނެފި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރުން ވަނީ މިއަދު ހަވީރު ޖެން ހޮޓެލްގައި ނޫސްވެރިންނާ ބަދަލުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ޗީފް އޮބްޒާވަރު، ނާޗޯ ސަންޗޭޒް އަމޯރު ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވި ދުވަހު ހުރިހާ ކަމެއް ވެސް ވަރަށް އަމާންކަމާއި އޮމާންކަމާ އެކު ދިއުމުން އިންތިހާބާ މެދު އާންމުންގެ މެދުގައި އޮތް އިތުބާރު ބޮޑުވި ކަމަށް އެ ބޭފުޅުންނަށް ފާހަގަކުރެވުނު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުގެ ދެ ވަނަ ބުރަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނަށް މަދު ދުވަސްކޮޅެއް ލިބުނުއިރު، އެ ކޮމިޝަނުން ދެވަނަ ބުރުގެ އިންތިޒާމުތައް ހަމަޖެއްސީ ނިޒާމީ ވޯޓަކަށް ތައްޔާރުވާން ވެސް އަންގާފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް، އެ ޗެލެންޖާ އެކު ވެސް ދެވަނަ ބުރުގެ އިންތިޒާމުތަކަށް އެކަމުން އެވެސް އަސަރެއް ނުކުރެ އެވެ.
"އެ ކޮމިޝަނުން ދެވަނަ ބުރުގައި ވެސް މަސައްކަތްކުރީ ވަރަށް ޕްރޮފެޝަނަލްކޮށް، ދެފުށް ފެެންނަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މި އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ސޯޝަލް މީޑިއާ އާއި މީޑިއާ އަދި އެހެން ޕްލެޓްފޯމުތައް ވެސް މެދުވެރިކޮށް، އެންޓި-ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިނގި ކަން ފާހަގަކުރައްވައި އޮބްޒާވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ވެރިކަން ކުރާ ޕާޓީއަށް ފައިދާވާ ގޮތަށް، ރިޔާސީ އިންތިހާބާ ދިމާކޮށް، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކެންޑިޑޭޓުން ކެމްޕޭނަށް ހަރަދު ކުރުމުގެ ކަންކަން ހިނގާނުހިނގާ ގޮތް އިލެކްޝަންސް ކޮމިޝަނަށް ނުބެލޭ ކަމަށް އީޔޫގެ އޮބްޒާވަރުން ވަނީ މި އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ބުނެފަ އެވެ.
ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އީޔޫގެ ޓީމުގައި ހިމެނޭ 40 އަށް ވުރެ ގިނަ އޮފިޝަލުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ.
ވަސީލަތްތައް ބޭނުންކުރާ ގޮތާ މެދު އީޔޫގެ ކަންބޮޑުވުން!
ޒަމީލާއި އިންތިހާބީ އޭޖެންޓްގެ ޖޫރިމަނާ ބާތިލްކޮށްފި
ރިޔާސީ ކެންޑިޑޭޓުންގެ މާލީ ހަރަދުތަކުގައި ހާމަކަމެއްނެތް
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 46 މިލިއަން ރުފިޔާ
ޝަކުވާ މަދު އިންތިހާބަކަށް އީސީ އަށް ގާނޫނީ ހުރަސް!
ތާރީހުގައި ވެސް އެންމެ ގިނަ ބާތިލް ވޯޓު، ކީއްވެ؟
ގިނަ ފައިސާތަކެއް ގެންގުޅުނު މީހެއްގެ މައްސަލަަ ބަލަނީ
ވާދޫގެ ވޯޓު ފޮށި ފަޅާލައިފި
"ކަރުދާސް ދޭ އޮފިޝަލުން އަތުގައި ގަލަމެއް ނޯންނާނެ"
ކުރަހާފައި ވޯޓު ކަރުދާސް ދޫކުރި އޮފިޝަލު ދުރުކޮށްފި