14 އޯގަސްޓް 2023
ޕެރިސް (އޯގަސްޓް 14) - ޕީއެސްޖީން އެކަހެރިކޮށްފައި ހުރި ކިލިޔަން އެމްބާޕޭ އަށް މާފު ދިނުމަށް ފަހު އަލުން ސީނިއާ ޓީމުގެ ޕްރެކްޓިހުގައި އޭނާ ބައިވެރި ކުރަން ފަށައިފި އެވެ.
ޕެރިސް (އޯގަސްޓް 14) - ޕީއެސްޖީން އެކަހެރިކޮށްފައި ހުރި ކިލިޔަން އެމްބާޕޭ އަށް މާފު ދިނުމަށް ފަހު އަލުން ސީނިއާ ޓީމުގެ ޕްރެކްޓިހުގައި އޭނާ ބައިވެރި ކުރަން ފަށައިފި އެވެ.
މި ސީޒަނަށް ތައްޔަރުވާން ޕީއެސްޖީން ޕްރެކްޓިސް ފެށީ އެމްބާޕޭ ނުލަ އެވެ. އިރުމަތީ އޭޝިއާ އަށް ކުރި ޕްރީ ސީޒަން ޓްއާ އަށް ވެސް ޕީއެސްޖީ ދަތުރުކުރީ އޭނާ ނުހިމަނަ އެވެ.
އޭނާ ޓްރޭނިން ހަދަމުން ދިޔައީ ސީނިއާ ޓީމާ ވަކިންނެވެ. ޕީއެސްޖީން ދޫކޮށްލަން ބޭނުންވާ އެހެން ކުޅުންތެރިން ވެސް ތިބީ އެކަޓަގަރީގަ އެވެ.
ލުއިސް އެންރީކޭގެ ކޯޗުކަމުގެ ދަށުން ކުރިއަށްގެންދާ ސީނިއާ ޓީމުގެ ޕްރެކްޓިހުގައި އެމްބާޕޭ އަލުން ބައިވެރި ކުރަން ނިންމީ އޭނާގެ ފަރާތުން ކްލަބަށްޓަކައި އިތުރަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ބޮޑުވުން ކަމަށް ޕީއެސްޖީން ބުނެ އެވެ.
"ޕީއެސްޖީ އާއި ލޮރިއަންޓް މެޗުގެ ކުރިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ކިލިއަން އެމްބާޕޭއާ ދެމެދު ކުރެވުނު ބިނާކުރަނިވި އަދި ރަނގަޅު މަޝްވަރާތަކަކަށް ފަހު، މިހާރު ވަނީ އޭނާ ސީނިއާ ޓީމުގެ ޓްރެއިނިން ސްކޮޑުން އަލުން ޖާގަ ދީފަ،" އެ ކްލަބުން އޮއްޔެ އާންމުކުރި ބަޔާނުގައި ބުންޏެވެ.
ޖުލައި 21 ގައި އެމްބާޕޭ އެކަހެރި ކުރަން ޕީއެސްޖީން ނިންމީ ކްލަބްގެ ކޮންޓްރެކްޓް އާ ކުރަން އޭނާ ބޭނުން ނުވާތީ އެވެ. އެ ޓީމާ އެކު އެމްބާޕޭ ހަދައިފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ޖުލައިގައި ހަމަ ވާނެ އެވެ. އޭރުން އޭނާ އަށް ހިލޭ އެހެން ކްލަބަކަށް ދެވޭނެ އެވެ. އެކަމަކު ޕީއެސްޖީން ބޮޑު އަގެއް ހޭދަކުރުމަށް ފަހު މޮނާކޯއިން ގެނައި ފޯވާޑް ހިލޭ ދޫކޮށްލާކަށް ޕީއެސްޖީން ބޭނުމެއް ނުވެ އެވެ.
އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރެއާލް މެޑްރިޑެވެ.
އެމްބާޕޭ އަށް ބޯނަސް ނުދޭން ޕީއެސްޖީން ނިންމައިފި
އެމްބާޕޭގެ ހިޔާލު އަދިވެސް ބަދަލުވެދާނެ: އެންރީކޭ
ކަބާބް ފިހާރައެއްގެ އޯނަރަށް އެމްބާޕޭ ދައުވާ ކުރަނީ
މައްސަލަ އެބަހުރި، އެކަމަކު ކޯޗު ނުހިމެނޭ: އެމްބާޕޭ
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ
އެމްބާޕޭ އަދިވެސް ހުރީ "އެކަހެރި" ކޮށްފައި
ތިން ތަރިންނާ އެކު ވެސް ޕީއެސްޖީ އަށް މޮޅެއް ނުވެވުނު
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
މެޑްރިޑުން އެމްބަޕޭއާ ވާހަކަ ދައްކަން ތައްޔާރުވެއްޖެ
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ