13 އޯގަސްޓް 2023
ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށް މީރާގެ ކުއާޓާލީ ރިޕޯޓުން ހާމަވެއްޖެ އެވެ.
ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ނުދައްކާ ހުރި ކަމަށް މީރާގެ ކުއާޓާލީ ރިޕޯޓުން ހާމަވެއްޖެ އެވެ.
ޓެކްސް އިދާރާ، މީރާގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން ޓެކްސްގެ ގޮތުގައި އެކި އިދާރާތަކުން ނުލިބޭ ފައިސާގެ އަދަދު 7.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ނުދައްކާ ހުރީ ރިސޯޓު ކުލީގެ ގޮތުގަ އެވެ. ރިސޯޓު ކުލީގެ ގޮތުގައި މީރާއަށް ނުލިބި 3.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އޭގެ އިތުރުން އިންކަމް ޓެކްސް އާއި ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ވެސް ދައުލަތަށް ނުލިބި ހަތަރު ބިލިއަން ރުފިޔާ އެބަހުއްޓެވެ.
އޭގެ އިތުރުން ޓެކްސް އާއި އެނޫން ގޮތް ގޮތަށް މީރާއަށް ދައްކަން ޖެހި، އެސްއޯއީތަކުން ނުދައްކާ ހުރި ފައިސާގެ އަދަދު 997 މިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ.
މީރާއިން އަންނަނީ ޕްރައިވެޓް ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ޓެކްސްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ އެކި އުސޫލުތަކުގެ ތެރެއިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ކުއާޓާގައި ނުލިބި ހުރި ފައިސާއިން 700 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.
ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ނުލިބި، ގިނަ ދުވަސްވާ ނަމަ އެ ފަރާތްތަކަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކަށް "ނޭމް އެންޑް ޝޭމް" އުސޫލުން އެ ފަރާތްތަކުގެ މައުލޫމާތުތައް އާންމު ކުރާނެ އުސޫލެއް ވެސް މީރާ އިން ވަނީ އެކުލަވައިލައިފަ އެވެ. މީރާ އިން މިހާތަނަށް ވަނީ ނޭމް އެންޑް ޝޭމް އުސޫލުން ރިސޯޓު ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތުތައް އާންމުކޮށްފަ އެވެ. އެހެން ނަމަވެސް، ފަހުން ވަނީ އެ އުސޫލުގެ ތެރެއިން އަމަލު ކުރުން މެދުކަނޑާލައިފަ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު ޓެކްސްގެ ގޮތުގައި މީރާއަށް 12.5 ބިލިއަން ރުފިޔާ ލިބުނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބުނީ ޓީޖީއެސްޓީއިންނެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
12 ރިސޯޓަކުން 665 މިލިއަން ރުފިޔާގެ ކުލި ނުދައްކާ
ފައިސާ ނުދައްކާ 13 މައްސަލައެއް މީރާ އިން ކޯޓަށް
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
މީރާއަށް ހުރިހާ ފައިސާއެއް ދައްކަންޖެހޭ ގޮތް ހަދަނީ
ލުއިކުރި ޓެކްސްގައި ތާށިވެފައި، ފިޔަވަޅު ވަރުގަދަކުރަނީ
ޑޮލަރުން ލިބޭ އާމްދަނީއަށް 120 މިލިއަން އިތުރުވާނެ
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ހަދައިފި