އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ލިޒޯ އޭނާގެ ކުރީގެ ތިން ސްޓާފަކަށް ޖިންސީ ފުރައްސާރަކޮށް، މަލާމާތްކުރި ކަމުގެ ތުހުމަތުކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ލިޒޯ އޭނާގެ ކުރީގެ ތިން ސްޓާފަކަށް ޖިންސީ ފުރައްސާރަކޮށް، މަލާމާތްކުރި ކަމުގެ ތުހުމަތުކޮށްފި އެވެ.
ލިޒޯގެ މައްޗަށް އެ ތުހުމަތުތައް ކުރީ އޭނާއާ އެކު ކުރިން މަސައްކަތްކުރި ތިން ނެށުންތެރިންނެވެ. އެއީ އަރިއާނާ ޑޭވިސް، ކްރިސްޓަލް ވިލިއަމްސް އަދި ނޮއެލް ރޮޑްރިގޭޒް އެވެ.
އެމީހުން ތުހުމަތުކުރި ގޮތުގައި، ލިޒޯ ވަނީ ޖިންސީ، ދީނީ އަދި ނަސްލީ ގޮތުން ވެސް އެމީހުންނަށް ފުރައްސާރަކޮށްފަ އެވެ. މަސައްކަތުގެ މާހައުލުގައި ތަފާތުކުރުން ގެންގުޅުމާއި އަނިޔާކުރުމާ އަދި އެމީހުން "ފަލަ" ކަމަށް ބުނެ ސިފައަށް މަލާމާތްކުރި ކަމުގެ ތުހުމަތު ވެސް ކުރި އެވެ. އަދި އެ މީހުން ލައްވާ މަޖުބޫރުން ބައެއް ކަންކަން ކުރުވި އެވެ.
އެ ތިން މީހުން މިހާރު ވަނީ އެ މައްސަލާގައި ލިޒޯއަށް ދައުވާކުރަން ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ. އެ ދައުވާ ހުށަހެޅީ ލިޒޯ އާއި އެމީހުންގެ ޑާންސް ކެޕްޓަން އަދި ލިޒޯގެ ޕްރޮޑަކްޝަން ކުންފުންޏާ ދެކޮޅަށެވެ.
އެ މައްސަލާގައި ލިޒޯ މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޔަމަނަށް އެމެރިކާގެ އަނިޔާ ބޮޑު ދުވަހެއް، 74 މަރު
ހާވާޑަކީ ޖޯކެއް، މޮޅު ތަނެއް ނޫން: ޓްރަމްޕު
އެމެރިކާއާ ހެދި ރިސެޝަނަކަށް ހިނގައިދާނެ: ސިންގަޕޫރު
ކުރުސީ ހިންގަނީ ކާކުކަން އެނގޭ: ރަޝިޔާ
ރާއްޖޭގެ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ
ހާވާޑަށް ޓެކްސްގެ ލުއި ވެސް އުވާލާނެ ކަމުގެ އިންޒާރު
"އެމެރިކާ މެދުވެރިވެގެން ސުލްހަވާން ފަސޭހައެއް ނޫން"
ހާވާޑް ޔުނިވަސިޓީގެ 2 ބިލިއަނުގެ ބަޖެޓް ހިފަހައްޓައިފި
އީރާނުން ނިއުކްލިއާ ބޮމެއް ހެދިޔަކަނުދޭނަން: ޕެންޓަގަން
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އުނިކޮށްފި