މީގެ 15 މަސް ކުރިން އެމެރިކާއިން ޔަމަންގެ ހޫތީންނަށް ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 74 މީހަކު މަރުވެފައިވާ ކަމަށް ހޫތީން މިއަދު ބުނެފި އެވެ.
މީގެ 15 މަސް ކުރިން އެމެރިކާއިން ޔަމަންގެ ހޫތީންނަށް ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 74 މީހަކު މަރުވެފައިވާ ކަމަށް ހޫތީން މިއަދު ބުނެފި އެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ހަމަލާ ދިނީ ރަސް އީސާއަށް ކަމަށާއި އެ ސަރަހައްދަށް ދިން ހަމަލާތަކުގެ ބޭނުމަކީ ފަގީރުކަން ބޮޑު ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހަނގުރާމަވެރިންނަށް ބޭނުންވާ ސާމާނާއި ފައިސާ ލިބޭނެ މަގުތައް ބަންދުކުރުން ކަމަށެވެ.
ހޫތީން ހިންގާ ޓީވީ ސްޓޭޝަނަކުން ބްރޯޑްކާސްޓްކުރި މަންޒަރުތަކުން ފެންނަ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަރުގަދަކޮށްފައިވާ ހަމަލާތަކުގައި ރޭ އުޑުމަތިން ފެންނަމުން ދިޔައީ ބޮޑެތި އަލިފާންގަނޑުތަކެވެ.
ހޫތީ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަނީސް އަލަސްބާހީ ވިދާޅުވީ ރަތް ކަނޑުގައިވާ ފިއުލް ޓާމިނަލަށް ހަމަލާ ދީފައި ވާއިރު އެތަނުން ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މިހާރު ކަށަވަރުވެފައިވާ 74 މަރަށްވުރެ އަދަދު އިތުރުވުން އެކަށީގެންވެ އެވެ.
ޔަމަނުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
"ޝަހީދުވި މީހުންގެ އަދަދު ވަނީ 74 އަށް އިތުރުވެފައި، 171 މީހުން ޒަޚަމްވެފައިވާކަން، ރަސްމީކޮށް އަދި ބަލައި ނުނިމޭ ހިސާބުތަކުން ދައްކާ،" އަނީސް އޭއެފްޕީއަށް ވިދާޅުވި އެވެ.
ހަމަލާތަކުގެ ފަހުން ހޫތީން ވަނީ އިޒްރޭލާއި އެމެރިކާގެ، މަތިންދާބޯޓު އުފުލާ ދެ އުޅަނދަކަށް މިސައިލް ހަމަލާދީފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފައިވަނީ ޔަމަނުން ފޮނުވާލި މިސައިލެއް އިންޓަސެޕްޓު ކޮށްފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޔަމަނަށް ހަމަލާދީފައި މި ވަނީ އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވަން ފަށާފައިވާ މަޝްވަރާތަކާ ދިމާކޮށެވެ. ހޫތީންނަކީ އީރާންގެ މަދަދު ލިބޭ ބަޔަކަށް ވާއިރު އެ މީހުންގެ ކޮންމެ ހަމަލާއެއްގެ ޒިންމާ އީރާނުން ނަގަންޖެހޭނެ ކަމަށް ޓްރަމްޕް ކުރިން ވަނީ ވިދާޅުވެފަ އެވެ. އެހެންވެ މިއީ މަޝްވަރާތަކާ ދިމާކޮށް އީރާނަށް ދިން އިންޒާރެއްގެ ގޮތުގައި ވެސް ވަނީ ބެލެވިފަ އެވެ.
އެމެރިކާއިން ޔަމަނަށް ހަމަލާދެމުން ދަނީ އިޒްރޭލުން ޣައްޒާގައި ދޭ ހަމަލާތަކުގެ ބަދަލުހިފުމަށް ހޫތީން އެމެރިކާ އާއި އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ރަތް ކަނޑުގައި ދޭ ހަމަލާތައް ހުއްޓުވުމުގެ ނަމުގަ އެވެ. ހޫތީން އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލުމާ އެކު ޔަމަނަށް ހަަމަލާ ދިނުން ވެސް ހުއްޓާލާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށް
ހޫތީންގެ ހަމަލާތަކުގެ އަދަބު ދޭނީ އިރާނަށް: ޓްރަމްޕު
އެމެރިކާގެ އެއާކްރާފްޓް ކެރިއާއަށް ހަމަލާދީފިން: ހޫތީން
ޓްރަމްޕު، ހޫތީން އަލުން ޓެރަރިސްޓުންގެ ލިސްޓަށް
ހަމަލާ ދިނަސް ބިރެއް ނުގަނޭ، ބަދަލުހިފާނަން: ހޫތީން
ހޫތީން އަލުން އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"
ހޫތީންގެ މިސައިލެއް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށްފި
ބޯޓުތަކަށް ހޫތީން ފޮނުވާލި މިސައިލްތަކެއް ވައްޓާލައިފި
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް