އެމެރިކާއިން ޔަމަންގެ ހޫތީންނަށް އަމާޒުކޮށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ހޫތީން ދިންތާ 24 ގަޑިއިރު ނުވެ އެމެރިކާގެ އެއާކްރާފްޓް ކެރިއާ ގްރޫޕަށް ދެ ހަމަލާއެއް ދީފައިވާނެ ކަމަށް ހޫތީން ބުނެފި އެވެ.
އެމެރިކާއިން ޔަމަންގެ ހޫތީންނަށް އަމާޒުކޮށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ހޫތީން ދިންތާ 24 ގަޑިއިރު ނުވެ އެމެރިކާގެ އެއާކްރާފްޓް ކެރިއާ ގްރޫޕަށް ދެ ހަމަލާއެއް ދީފައިވާނެ ކަމަށް ހޫތީން ބުނެފި އެވެ.
ހޫތީން އެންމެ ފުރަތަމަ ބުނީ ރަތް ކަނޑުގައި އޮތް "އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ހެރީ ޓްރޫމަންއާ އެކު ދަތުރުކުރި ހަނގުރާމަމަތީ އުޅަނދުތަކަށް" އަމާޒުކޮށް 18 މިސައިލާއި ޑްރޯނެއް ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ހަމަލާ ދީފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް ހޫތީންގެ މި ވާހަކައާ ގުޅޭ ގޮތުން އެމެރިކާއިން ވާހަކައެއް ނުދައްކަ އެވެ.
ޓެލެގްރާމް ގްރޫޕެއްގައި ހޫތީގެ ތަރުޖަމާނު މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ކެރިއާ ގްރޫޕަށް ދިން ހަމަލާތަކަކީ އެމެރިކާއިން ޔަމަނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.
ހޫތީން ރަތް ކަނޑުގައި އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލަންދެން ޔަމަނަށް ހަމަލާދެމުން ގެންދާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔަމަނަށް ވަރުގަދަ ބާރުގަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ހޫތީގެ ހެލްތު މިނިސްޓްރީން ބުނީ ހޮނިހިރު ދުވަހު އެމެރިކާއިން ދިން ހަމަލާތަކުގައި 53 މީހަކު މަރުވި ކަމަށާއި އިތުރު 98 މީހުން ޒަހަމްވެފައި ވާއިރު އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
ރަތް ކަނޑަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ މަގަށް ވާއިރު ހޫތީންގެ ހަމަލާތަކާ އެކު ވަނީ އެ ސަރަހައްދުގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.
އިޒްރޭލު އެއާޕޯޓު ހަމަލާއަށްފަހު ޔަމަނަށް ބޮން އަޅައިފި
އެމެރިކާގެ އަގުބޮޑު 7 ޑްރޯން ޔަމަންގައި "ގެއްލިއްޖެ"
އެމެރިކާގެ ހަމަލާތަކުގައި ޔަމަނުން 68 މީހަކު މަރު
ޔަމަނަށް އެމެރިކާގެ އަނިޔާ ބޮޑު ދުވަހެއް، 74 މަރު
އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށް
ހޫތީންގެ ހަމަލާތަކުގެ އަދަބު ދޭނީ އިރާނަށް: ޓްރަމްޕު
ޓްރަމްޕު، ހޫތީން އަލުން ޓެރަރިސްޓުންގެ ލިސްޓަށް
ހަމަލާ ދިނަސް ބިރެއް ނުގަނޭ، ބަދަލުހިފާނަން: ހޫތީން
ހޫތީން އަލުން އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"