ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި އުޅަނދުތަކަށް ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ އީރާނުން ނަގަން ޖެހޭނެ ކަމަށާއި އެކަމުގެ އަދަބު އީރާނަށް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޔަމަންގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި އުޅަނދުތަކަށް ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ އީރާނުން ނަގަން ޖެހޭނެ ކަމަށާއި އެކަމުގެ އަދަބު އީރާނަށް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"ހޫތީން ފޮނުވާލާ ކޮންމެ އުންޑައަކަށް ވެސް ބަލާނަން. މީގެ ފަހުން ބަލާނީ ކޮންމެ ހަތިޔާރަކުން ފޮނުވާލާ އުންޑަ އަކީ އީރާންގެ ވެރިން ޒިންމާވާން ޖެހޭ އެއްޗެއް ކަމަށް. އަދި އެކަމުގައި ޒިންމާދާރު ކުރުވާނަން. މިކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.
ހޫތީން ހަމަލާތައް ދޭތާ އެތައް މަހެއް ވެފައި ވާއިރު މިއީ މިކަމުގައި ސީދާ އީރާން ޒިންމާވާން ޖެހޭނެ ކަމަށް އެމެރިކާއިން ބުނި ފުރަތަމަ ފަހަރެވެ. އެއާ އެކު އީރާނުން ވަނީ މިއީ އެއްވެސް އަސްލެއް ނެތް ތުހުމަތެއް ކަމަށް ބުނެފަ އެވެ. އަދި އޭގެ ކުރިން އީރާނުން ވަނީ އެ ގައުމުގެ ފޮރިން ޕޮލިސީ ކަނޑައަޅާނީ އެމެރިކާއިން ނޫން ކަމަށް ބުނެފަ އެވެ. އެއީ ހޫތީންނަށް ތާއީދުކުރުން އީރާނުން ހުއްޓާލަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވާތީ ދިން ރައްދެކެވެ.
ޓްރަމްޕުގެ އިންޒާރު އައީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ސަރަހައްދަށް އެމެރިކާއިން ހަމަލާދީ 53 މީހަކު މަރާލުމަށް ފަހުގަ އެވެ. މި ހަމަލާތަކުގައި އިތުރު 98 މީހަކު ޒަހަމްވި އެވެ.
މި ހަމަލާތަކަށް ފަހު ހޫތީން ވަނީ އެމެރިކާގެ އެއާކްރާފްޓް ކެރިއާ ގްރޫޕަކަށާއި އިތުރު އުޅަނދުތަކަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެފަ އެވެ. މި ހަމަލާތައް ދިން ކަމުގެ އެއްވެސް ހެއްކެއް ނެތް އިރު އެމެރިކާއިން ބުނީ ހޫތީންނަކީ ދޮގު މައުލޫމާތު އާންމުކޮށް ފަތުރާ ބައެއް ކަމަށެވެ.
ޔަމަނަށް އެމެރިކާގެ އަނިޔާ ބޮޑު ދުވަހެއް، 74 މަރު
އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށް
އެމެރިކާގެ އެއާކްރާފްޓް ކެރިއާއަށް ހަމަލާދީފިން: ހޫތީން
ޓްރަމްޕުގެ އިންޒާރާ އެކު ޔަމަނަށް ހަމަލާދީފި
ޓްރަމްޕު، ހޫތީން އަލުން ޓެރަރިސްޓުންގެ ލިސްޓަށް
ހަމަލާ ދިނަސް ބިރެއް ނުގަނޭ، ބަދަލުހިފާނަން: ހޫތީން
ހޫތީން އަލުން އެމެރިކާގެ ޓެރަރިސްޓް ލިސްޓަށް
"ހޫތީންނަށް ފޮނުވި މިސައިލްގެ ބައިތަކެއް އަތުލައިފި"
ހޫތީންގެ މިސައިލެއް އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށްފި
ބޯޓުތަކަށް ހޫތީން ފޮނުވާލި މިސައިލްތަކެއް ވައްޓާލައިފި