Roadha Mihaaru
މަސްނޫއީ އަތާއި ފައި ހެދުމަށް ހުޅުމާލެ ހޮސްޕިޓަލް ތައްުޔާރުވަނީ

ރާއްޖޭގައި މަސްނޫއީ އަތާއި ފައި ހެދުމަށް ހުޅުމާލެ ހޮސްޕިޓަލް ތައްުޔާރު ވަނީ

09 ޖުލައި 2023

ރާއްޖޭގައި ޕްރޮސްތެޓިކް އަތާއި ފައި ހަދަން ފެށުމަށް ހުޅުމާލެ ހޮސްޕިޓަލުން ތައްޔާރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ޕްރޮސްތެޓިކް އަތާއި ފައި ހަދަން ފެށުމަށް ހުޅުމާލެ ހޮސްޕިޓަލުން ތައްޔާރުވެއްޖެ އެވެ.

އެ ހޮސްޕިޓަލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ޑިރެކްޓަރު އަބްދުﷲ މައުރޫފް "މިހާރު" އަށް މިއަދު ވިދާޅުވީ މިއަދު ވިދާޅުވީ އިންޑިއާގެ އެހީގައި ގާއިމްކުރާ ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ލެބް މި މަހުގެ ފަހުކޮޅު ހުޅުވުމަށް މަސައްކަތްކުރާ ކަމަށެވެ.

އެކަމަށް ބޭނުންވާ ސާމާނު ލިބިފައިވާއިރު މި ހަފުތާގެ ތެރޭގައި އެ އެއްޗެހި އިންސްޓޯލްކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ލިބެން ނެތް ހިދުމަތެއް މި ފަށަނީ. މި ކަމުގެ ސަބަބުން ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމެއް." މައުރޫފް ވިދާޅުވި އެވެ.

ޕްރޮސްތެޓިކްސް އަކީ ގުދުރަތީ ގޮތުން އުފެދުމުގައި ނުވަތަ ހާދިސާއެއްގެ ސަބަބުން އަތާއި އުނިކަމެއް ދިމާވެފައިވާ މީހުންނަށް ހަދައިދޭ އަތާއި ފަޔެވެ.

އޯތޮޓިކްސް އަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ބޫޓު ފަދަ ތަކެއްޗެވެ.

އެ ހިދުމަތް މި ވަގުތު ރާއްޖޭން ލިބެން ނެތުމުން އެ ފަރުވާ ހޯދަން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ.