25 ޖުލައި 2022
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓެއްގެ ތެރެއަށް މީހަކު ވިހަން ޖެހުނީ އެ ތަނުގެ ފަރުވާކުޑަވެގެން ކަމަށް ތުހުމަތު ކުރާ މައްސަލަ ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ކަމެއް އޮތް ނަމަ ރަނގަޅުކުރާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓެއްގެ ތެރެއަށް މީހަކު ވިހަން ޖެހުނީ އެ ތަނުގެ ފަރުވާކުޑަވެގެން ކަމަށް ތުހުމަތު ކުރާ މައްސަލަ ބެލުމަށް ފަހު، ބަދަލުކުރަން ޖެހޭ ކަމެއް އޮތް ނަމަ ރަނގަޅުކުރާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ތަނުގެ ލިފްޓަށް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މީހަކު ވިހެއި މައްސަލަ ހޮސްޕިޓަލްގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ބެލުމަށް ފަހު، 'ޕޭޝަންޓް ކެއާ' ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމެއް އޮތް ނަމަ އެކަން ރަނގަޅުކުރަން ހޮސްޕިޓަލުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ފަސް ނުޖެހޭނެ ކަމަށް ބުންޏެވެ.
އެ މީހާ އަށް 14 އަހަރު ފަހުން ލިބުނު ދަރިފުޅު ލިފްޓަށް ވިހެއިރު އޮތީ މަރުވެފަ އެވެ.
އެ މައްސަލައިގައި އާއިލާއިން "މިހާރު" އާ ވާހަކަދެއްކި މީހަކު ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ޑޮކްޓަރަށް ދައްކަން ދިއުމުން ލޭގެ ޕްރެޝަރު ޗެކްކުރިއިރު ހުރީ 180 ގައި ކަމަށެވެ. އެހެންވެ، އިމަޖަންސީ ރޫމްގައި އެޑްމިޓްކޮށް ޑޮކްޓަރުން މޮނިޓާކުރި އެވެ. އެކަމަކު 140 އަށް ޕްރެޝަރު ތިރިވުމުން ބޭސްތަކެއް ދިނުމަށް ފަހު ގެއަށް ދޫކޮށްލީ އެވެ.
އެ ދުވަހު ޕްރެޝަރު މަތިވެއްޖެ ނަމަ ސިޒޭރިއަން ހަދަން ޖެހިދާނެ ކަމަށް ހޮސްޕިޓަލުން ބުންޏަސް ބީޕީ މަތިވުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުމެއް އެ ތަނުން ކިޔައި ނުދޭ ކަމަށް، އަންހެން މީހާގެ ފިރިމީހާގެ ބޮޑުދައިތަ އައިމިނަތު ޝިރުމީނާ ބުންޏެވެ.
އޭގެ ފަހުން މި މަހުގެ ހަތް ވަނަ ދުވަހު، ހުޅުމާލޭ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓަށް ބީޕީ ޗެކްކުރުމަށް ދިއުމުން އެ ދުވަހު ބީޕީ މަތީގައި ހުރުމުގެ ސަބަބުން މާބަނޑު މީހުންގެ ކްލިނިކަށް ގޮސް އިމަޖެންސީގައި ދެއްކުމަށް އެދުނެވެ. އެކަމަކު އެ ތަނުގެ ކައުންޓަރުން ބުނެފައި ވަނީ މި މަހުގެ 18 އާ ހަމައަށް އެޕޮއިންޓްމަންޓް ފުލްވެފައިވާ ކަމަށެވެ. އަދި މިދިޔަ ބޮޑު އީދަށް ވެސް ބަންދުވާނެ ކަމަށް ބުނެ އަންހެން މީހާ ގެއަށް ފޮނުވާލީ އަރާމުކުރުމަށް އެންގުމަށް ފަހު އެވެ.
އެގޮތަށް ކޮންމެ ދުވަހަކު ބަލަމުން ގޮސް މި މަހުގެ 16 ވަނަ ދުވަހު ބީޕީ ޗެކްކުރަން ދިޔައިރު ބަނޑުގައި ރިހުމެއް ހުރި ވާހަކަ ނަރުހުން ގާތު ބުނުމުން ވެސް އެ ކަމަށް މާ ބޮޑަށް އަޅާނުލާ ކަމަށާއި ގެއަށް ގޮސް އަރާމް ކޮށްލަން އެދުނު ކަމަށް ޝިރުމީނާ ބުންޏެވެ.
އެކަމަކު، އެ ރޭ ދަންވަރު އަންހެން މީހާ ފާހަނާ އަށް ދިޔައިރު ލޭގެ އަސަރު ހުރުމުން އިމަޖެންސީ ރޫމަށް ގޮސް ދެއްކިއިރު ކުއްޖާގެ ހިތުގެ ވިންދު ނެތް ކަމަށް ބުންޏެވެ.
"ހާޓް ބީޓެއް ނެތް އޭރުގައި. އެހެންވެ އެ މީހުން ލޭބާ ރޫމަށް ގެންދަން ލިފްޓަށް އެރުވިތަނާހެން ބުނެފި އެއްޗެއް އަންނަހެން އެބަ ހީވެޔޭ. ބުނީމާ ނަރުހުން މި ބުނަނީ ފައިކަރިކޮށްލާށޭ ތަންކޮޅެއް. އެކަމަކު އަނެއްކާ ވެސް އެެއްޗެއް ނުކުމެއްޖެހެން އެބަ ހީވެޔޭ އޭނާ މި ކިޔަނީ. އެ ވަރުން ވެސް އެ މީހުން ބެޑްޝީޓް ހިއްލާފައި ބަލާ ނުލާ،" ޝިރުމީނާ ބުންޏެވެ.
އެ ކަންތައްތަކާ ހެދި އާއިލާ އިން ތުހުމަތުކުރަނީ އެ މީހާގެ ބަނޑަށް ދަރިފުޅު މަރުވީ ހޮސްޕިޓަލުން ދޭންޖެހޭ މައުލޫމާތު ނުދީ އަދި އީދު ޗުއްޓީއާ ދިމާކޮށް ޕަބްލިކް ހެލްތު ޔުނިޓާއި މާބަނޑު މީހުންގެ ކްލިނިކް ބަންދުވުމާ ގުޅިގެން ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ޓްރީޓޮޕުން އިހުމާލުވާ ކަމަށް ބުނާ މައްސަލަ ބަލަނީ
ސަދާގެ މަރުގައި އިހުމާލުވި މައްސަލަ ޕޮލިހަށް
ހުޅުމާލެ ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސެއް ލިބިއްޖެ
ސިޒޭރިއަން ހެދިއިރު އިހުމާލުވި މައްސަލަ ބަލަން އެދިއްޖެ
ސަދާގެ މަރު: ދެ ޑޮކްޓަރަކު ސަސްޕެންޑުކޮށްފި
ހުޅުމާލޭ ހޮސްޕިޓަލުން އައިސީޔޫއާއެކު ހިދުމަތް ފުޅާކުރަނީ