03 މާޗް 2022
ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ހޯދަނިކޮށް ސަދާ ސައުދުﷲ ނިޔާވުމުގައި އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އިއްޔެ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ހޯދަނިކޮށް ސަދާ ސައުދުﷲ ނިޔާވުމުގައި އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އިއްޔެ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އުމުރުން ފަސް އަހަރުގެ ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދައަށް ހޮޑުލާތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެންމެ ފުރަތަމަ ގެންދިޔައީ ފުވައްމުލަކުގެ ފްލޫ ކްލިނިކަށެވެ. ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި، އެ ކްލިނިކަށް ދިޔަ ފަހުން ވެސް ދަރިފުޅުގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ހޮސްޕިޓަލަށް ފޮނުވައިލީ އެވެ.
ސަދާ ނިޔާވީ އޮކްޓޯބަރު ތިން ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ޖެހި، އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. އެހެންވެ، އެ މައްސަލަ ބަލައި ދިނުމަށް ހެލްތު މިނިސްޓްރީ އަށް ހުށަހެޅި އެވެ.
މިނިސްޓްރީގެ ރިޕޯޓުގައި ވެސް ބުނެފައިވަނީ އެ ކުއްޖާ އަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާ ކަމަށެވެ.
އެ ކުއްޖާގެ ބައްޕަ ސައުދުﷲ އަހުމަދު ފުލުސް އޮފީހަށް ފޮނުވި ސިޓީއެއްގައި ބުނީ، ސަދާ ނިޔާވެފައި ވަނީ ފުވައްމުލަކުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުންކަން ހެލްތު މިނިސްޓްރީން އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ، އެ ޑޮކްޓަރުންނާއި ނަރުހުންގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް މައްސަލަ ކުރިއަށް ގެންދަން އޭނާ އެދުނެވެ.
ސައުދުﷲ ނިންމާފައި ވަނީ އޭނާގެ ދަރިފުޅަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް ދެކޭތީ، ހެލްތު މިނިސްޓްރީއާ ދެކޮޅަށް މަދަނީ ދައުވާ ކުރުމަށެވެ.
އެ މައްސަލައިގައި ހިމެނޭ ބިދޭސީ ދެ ޑޮކްޓަރަކު މިދިޔަ އަހަރުގެ ފަހުކޮޅު ސަސްޕެންޑްކޮށްފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ ވަޒީފާ އިން ވަކިކޮށް، ރާއްޖެ އިން ފޮނުވާލައިފަ އެވެ.
ސައުދު ބުނިގޮތުގައި، ނަރުހުންގެ މައްސަލަ ނާސިން ކައުންސިލުން ވަނީ ބަލައި ނިންމައިފަ އެވެ. އެކަމަކު، ނިންމި ގޮތެއް ސާފެއް ނުވެ އެވެ.
އެކަން ހިނގައިދިޔަ ގޮތުގެ ރިވިއު ހެދުމަށް ފަހު، ހެލްތު މިނިސްޓްރީން 21 ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަދާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓަރީ ރަނގަޅަށް ބަލާފައި ނުވުމާއި ރަނގަޅަށް އެގްޒަމިން ކޮށްފައި ނުވުން ހިމެނެ އެވެ. ސަދާ، ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައި ވަނީ ކުއްޖާ ނުބަލާކަން މިނިސްޓްރީގެ ރިވިއު އިން އެނގެ އެވެ. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ އެ ކުއްޖާގެ އެގްޒާމިން ހެދި ކަމަށެވެ. އަދި ދޮގު މައުލޫމާތު ހުށަހަޅާފައިވެ އެވެ.
ސަދާގެ މަރު: ދެ ޑޮކްޓަރަކު ސަސްޕެންޑުކޮށްފި
ސަދާގެ މަރުގައި ހޮސްޕިޓަލު އިހުމާލުވެފައިވޭ: މިނިސްޓްރީ
މިޝްކާގެ މަރުގެ މައްސަލައިގެ މައުލޫމާތު ފުލުހުންނަށް
ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ފޮތިގަނޑެއް!
ސަދާގެ މަރު:ކޯޓުން ބޭރުގައި ހައްލުކުރަން ފުރުސަތު ދީފި
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ޓްރީޓޮޕުން އިހުމާލުވާ ކަމަށް ބުނާ މައްސަލަ ބަލަނީ
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓަށް ވިހެއި މައްސަލަ ބަލަނީ