Roadha Mihaaru
ސަދާގެ މަރު:ކޯޓުން ބޭރުގައި ހައްލުކުރަން ފުރުސަތު ދީފި

ސަދާގެ މަރުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން ބޭނުންވޭތޯ ބަލަނީ

09 ޖޫން 2024

ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން މަރުވި ސަދާ ސައުދުﷲ ގެ މަރުގެ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން އާއިލާއިން ކުރާ ދައުވާ ކޯޓުން ބޭރުގައި ހައްލުކުރުމާ މެދު ގޮތެއް ނިންމަން ދައުލަތަށް ސިވިލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން މަރުވި ސަދާ ސައުދުﷲ ގެ މަރުގެ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން އާއިލާއިން ކުރާ ދައުވާ ކޯޓުން ބޭރުގައި ހައްލުކުރުމާ މެދު ގޮތެއް ނިންމަން ދައުލަތަށް ސިވިލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

އޮކްޓޫބަރު، 2021 ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ސަދާ މަރުވި މައްސަލާގައި އެ ކުއްޖާގެ އާއިލާއިން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލުން އެ ކުއްޖާ މަރުވި ކަމަށް ބުނެ އެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލުން ވަނީ ސަދާގެ މައްސަލާގައި އިހުމާލުވެފައި އޮތް ކަމަށް ދައުލަތުން އެއްބަސްވާ ނަމަ ގެއްލުމުގެ ބަދަލުގެ މިންވަރާ ގުޅިގެން ކޯޓުން ބޭރުގައި މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ދައުލަތުން އެދުނީ ވެރިންނާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަން ފުރުސަތެއް ދިނުމަށެވެ.

އެހެންވެ، ސިވިލް ކޯޓުން މިއަދު ވަނީ އެކަމަށް ދެ ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ސަދާ މަރުވި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ނިންމާފައިވަނީ އެކަމުގައި ހޮސްޕިޓަލްގެ އިހުމާލު އޮތުމުން އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށެވެ.