17 ނޮވެމްބަރ 2021
ފަސް އަހަރުގެ ސަދާ ސައުދުﷲ މަރުވި މައްސަލައިގައި ފުވައްމުލަކު ހޮސްޕިޓަލުގެ ބޮޑު އިހުމާލު އޮތްކަމަށް ފެންނާތީ ސިއްހީ ހިދުމަތްތެރިންނަށް ފިޔަވަޅު އެޅުމަށް ދެ ކައުންސިލަކަށް ފޮނުވައިފި އެވެ.
ފަސް އަހަރުގެ ސަދާ ސައުދުﷲ މަރުވި މައްސަލައިގައި ފުވައްމުލަކު ހޮސްޕިޓަލުގެ ބޮޑު އިހުމާލު އޮތްކަމަށް ފެންނާތީ ސިއްހީ ހިދުމަތްތެރިންނަށް ފިޔަވަޅު އެޅުމަށް ދެ ކައުންސިލަކަށް ފޮނުވައިފި އެވެ.
އެ ކުއްޖާގެ ބައްޕަ ސައުދުﷲ އަހުމަދަށް ފޮނުވި ސިޓީއެެއްގައި ހެލްތު މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ ރިވިއުއެއް ހަދާފައިވާ ކަމަށެވެ.
އެ ރިވިއުއިން ފާހަގަކުރެވުނު 21 ކަމެއް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.
މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތްތެރިންގެ މައްސަލަތަކެއް ފާހަގަކުރެވޭތީ މޯލްޑިވްސް މެޑިކަލް ކައުންސިލާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަދާއަށް ފަރުވާދިން ކުޑަކުދިންގެ ބަލީގެ ޑޮކްޓަރާއި މެޑިކަލް އޮފިސަރު އަދި ނަރުހުން ހިމެނެ އެވެ.
"ސިއްހީ ކަންކަން ރަނގަޅުކުރުމަށް މި ފަދައިން ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލާ ސިއްހީ ހިދުމަތްދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް މި މިނިސްޓްރީން އަބަދު ވެސް ކުރާނެ ވާހަކަ އާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މި މިނިސްޓްރީން މަސައްކަތްކުރާނެ ވާހަކަ ވެސް ދެންނެވީމެވެ،" ސިޓީގައިވެ އެވެ.
- ސަދާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައި ނުވުމާއި ރަނގަޅަށް އެގްޒަމިން ކޮށްފައި ނުވުން. އެ ކަމުގެ ސަބަބުން އެ ކުއްޖާގެ އަސްލު ބަލި ދެނެގަނެވިފައި ނުވުން.
- ކުއްޖާ އިމަޖެންސީ ރޫމަށް ގެންދިޔަ ވަގުތު ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާފައިނުވުން.
- ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައިވަނީ ކުއްޖާ ނުބަލައި. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ އެ ކުއްޖާ އެގްޒަމިން ކުރި ކަމަށް އަދި ދޮގު މައުލޫމާތު ހުށަހަޅާފައިވޭ.
- އެ ކޭސް ބަލަންޖެހޭ ވޯޑު ޑިއުޓީގައި ހުރި ޑޮކްޓަރަށް އޭގެ މައުލޫމާތު ނޭނގޭއިރު އެހެން ޑޮކްޓަރަކަށް މައްސަލަ ހަވާލުކޮށްފައިނުވުން.
- ހަރުދަނާގޮތެއްގައި ލިޔުންތައް ބަލަހައްޓާފައި ނުވުން.
ސައުދުﷲ "މިހާރު" އަށް ވިދާޅުވީ ދަރިފުޅުގެ މަރަށް އިންސާފު ހޯދައިދިނުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ބޭނުންވަނީ ބަދަލުގެ ގޮތުގައި ފައިސާތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެބަހުރި ހަތް އަހަރުގެ ދަރިއެއް ވެސް. އެ ކުއްޖާ ބަލިވެގެން ގެންގޮސްފިއްޔާ އެކަން ތަކުރާރުވެދާނެ ކަމުގެ ބިރު އެބައޮތް. ކޮންމެ ވެސް އެއް ހިސާބަކުން އެކަން ނިމެން އެބަޖެހޭ. ހޮސްޕިޓަލް ޒިންމާވާންޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.
އޭނާ ކުރިން ވިދާޅުވީ ސަދާގެ ބަނޑުގައި ރިއްސައި، ވަރަށް ގަދަ އަށް ހޮޑުލާތީ އެންމެ ފުރަތަމަ ދިޔައީ އެ ސިޓީގައި ހުންނަ ފްލޫ ކުލިނިކަށް ކަމަށެވެ. ކޮވިޑްގެ އަލާމާތެއް ކަމަށް ބަލައި ފްލޫ ކުލިނިކަށް ދިޔަ ފަހުން ވެސް ދަރިފުޅުގެ ހާލަތު މާ ގޯސްވާތީ އެ ތަނުން ހޮސްޕިޓަލަށް ފޮނުވައިލީ އެވެ. ފަހުން ބޭސް ކައިގެން ވެސް ރަނގަޅުނުވުމުން އަނެއްކާ ވެސް ޑޮކްޓަރަށް ދެއްކީ އެވެ.
އެ ކުއްޖާ މަރުވީ އެ ދުވަހު ޑޮކްޓަރަށް ދައްކައި ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.
ސަދާގެ މަރު: ދެ ޑޮކްޓަރަކު ސަސްޕެންޑުކޮށްފި
ސަދާގެ މަރުގައި އިހުމާލުވި މައްސަލަ ޕޮލިހަށް
ސިޒޭރިއަން ހެދި މީހެއްގެ ބަނޑުގައި ފޮތިގަނޑެއް!
ސަދާގެ މަރު:ކޯޓުން ބޭރުގައި ހައްލުކުރަން ފުރުސަތު ދީފި
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ޓްރީޓޮޕުން އިހުމާލުވާ ކަމަށް ބުނާ މައްސަލަ ބަލަނީ
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ ކޮންފަރެންސް ބާއްވައިފި
ހުޅުމާލެ ހޮސްޕިޓަލްގެ ލިފްޓަށް ވިހެއި މައްސަލަ ބަލަނީ