Roadha Mihaaru
ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫ ހަދަން ހަވާލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫ އާއި އެންއައިސީޔޫ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

04 ޖުލައި 2023

ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫ އާއި އެންއައިސީޔޫއެއް ހެދުމަށް އެސްޓީއޯއާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫ އާއި އެންއައިސީޔޫއެއް ހެދުމަށް އެސްޓީއޯއާ މިއަދު ހަވާލުކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، 10 އެނދުގެ އައިސީޔޫ އާއި 14 އެނދުގެ އެންއައިސީޔޫއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މާރިޔާ ސައީދެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ 204 ދުވަހުގެ ތެރޭގައި އެ ދެ ތަން ތަރައްގީކޮށް ނިމޭއިރު، އެންމެ ޒަމާނީ ސިއްހީ ވަސީލަތްތަކާއެކު ގާއިމް ވެފައިވާ ކަސްޓަމައިޒްޑް ތަނަކަށް ވެގެންދާނެ ކަމަށެވެ.

އެ ދެ ތަން ތަރައްގީކުރަން ހުޅުމާލެ ހޮސްޕިޓަލްގެ ބަޖެޓުން 39 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕާކިސްތާނުން ހަދިޔާކުރި ތިން އެނދުގެ އައިސީޔޫއަކާ އެކު، ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫގެ ހިދުމަތް ފެށީ އޮގަސްޓް 2، 2010 ގަ އެވެ.

އައިސީޔޫ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތު

ނަމަވެސް އެ ހިދުމަތް މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދިޔަ އެވެ. އެހެންވެ، އެކްސިޑެންޓުތައް ގިނަ ހުޅުމާލޭގައި ހާލު ދެރަވާ މީހުންނަށް އިތުރު ފަރުވާ ދިނުމަށް ގެންދަން ޖެހެނީ މާލޭގައި ހުންނަ އައިޖީއެމްއެޗަށެވެ.

Kureege first lady beyvvi hithaanee camp nimunu iru Hulhumale ge ICU vee thaneh neynge!

Kureege first lady beyvvi hithaanee camp nimunu iru Hulhumale ge ICU vee thaneh neynge!

The most trusted news source in the Maldives

Mihaaru

ހުޅުމާލޭ ހޮސްޕިޓަލްގެ އައިސީޔޫގެ ހާލަތާ ބެހޭގޮތުން ކުރިން ޝާއިއުކުރި ލިޔުމެއް

އެ ހޮސްޕިޓަލްގެ ކަންކަން އިނގޭ މީހަކު "މިހާރު" އަށް ކުރިން ކިޔައިދިން ގޮތުގައި އައިސީޔޫ މެޝިންތައް ހަލާކުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އިސްވެ ހިންގެވި ސޮދަގާތު ފައުންޑޭޝަންގެ ހިތާނީ ކޭމްޕު ބޭއްވުމަށް އެ އެއްޗެހި ނަގައި ގުދަނެއްގައި ބެހެއްޓި ފަހުންނެވެ.

އެ ކޭމްޕް ބޭއްވުމަށް އައިސީޔޫގައި ހުރި ހުރިހާ މެޝިނަރީއެއް އަދި ހުޅުމާލެ ހޮސްޕިޓަލްގެ މީޓިން ރޫމްގައި ބަހައްޓާފައި ހުރި ގޮނޑިތަކާއި މޭޒުތައް ނަގައި އެ ބޮޑު ތަން ހުސްކުރި އެވެ. އައިސީޔޫގައި ހުރި މެނިޝަރީތައް ނަގާފައި ބެހެއްޓީ، ޓިނާއި ސަތަރިން ހަދާފައި ހުރި ގުދަނެއްގަ އެވެ.

"ހިތާނީ ކޭމްޕް ނިމުނުއިރު އެ އެއްޗެހި މަތިން ހަނދާނެއް ނެތް. އޭގެ ދެ އަހަރު ފަހުން ތެލެސީމިއާ ކުއްޖަކު ކްރިޓިކަލް މެޑިކަލް ކޮންޑިޝަނެއްގައި ނިޔާވީމަ ދެން އަވަސްވެގަތީ އެ ތަކެތި ހޯދަން. އޭރު މެޝިނަރީޒްތައް ހުރީ މީދާ ކައިފައި. ބެޑްތަކަށް ވީގޮތެއް ނޭނގޭ. ނިމިގެން ދިޔައިރު އައިސީޔޫ ނެތް. އެޗްޑީޔޫއެއް ނެތް،" އޭނާ ބުންޏެވެ.