Roadha Mihaaru
މުއްދަތު ހަމަވެފައިވާ އައިވީ ދީގެން މުޒާހަރާކުރަނީ

މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ބަލި މީހުންނަށް ދިން މައްސަލައެއް ހޫނުވެއްޖެ

22 އޯގަސްޓް 2023

މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ގދ. ގައްދޫ ސިއްހީ މަރުކަޒުން ބަލި މީހުންނަށް ދިން މައްސަލައެއް ހޫނުވެ، އެ ރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ގދ. ގައްދޫ ސިއްހީ މަރުކަޒުން ބަލި މީހުންނަށް ދިން މައްސަލައެއް ހޫނުވެ، އެ ރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ބައެއް ބަލި މީހުންނަށް ދިނީ މިދިޔަ މަހު މުއްދަތު ހަމަވެފައި ހުރި އައިވީތަކެކެވެ. އެކަމާ ގުޅިގެން އެ ރަށު ބައެއް މީހުން ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުން ދާއިރު އެ މީހުން ހުއްޓުވަން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައި ހުރި އައިވީއެއް ގުޅާފައި

ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައި ހުރި އައިވީއެއް ގުޅާފައި

ވީޑިއޯތަކުން ފެންނަ ގޮތުގައި ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައި އޮތް ކުއްޖެއްގެ ގަޔަށް ގުޅާފައި ހުރި އައިވީ ވެސް އޮތީ މިދިޔަ މަހު ހަމަވެފަ އެވެ. އެ ވަގުތު އެތަނުގެ ތެރޭގައި އާންމުންގެ އިތުރުން ނަރުހުންނާއި ފުލުހުން ވެސް ހަރަކާތްތެރި ވަމުންދިޔަ އެވެ.

އެކަމާ ގުޅިގެން ގައްދޫ ސިއްހީ މަރުކަޒުން ވާހަކައެއް ނުދެއްކި އެވެ. އަދި ފުލުހުންގެ ބަހެއް ވެސް މިހާތަނަކަށް ނުލިބެ އެވެ.