29 ޖެނުއަރީ 2019
އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 480 އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 480 އަށް ވުރެ ގިނަ ޑޮކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ހޯދަނީ 319 ޖެނެރަލް ޑޮކްޓަރުންނާއި 164 ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ސްޕެޝަލިސްޓް ޑޮކްޓަރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 41،000ރ. ލިބޭނެ އެވެ. އަދި އިތުރު ގަޑި އާއި އެ މަގާމުގެ އިތުރު އިނާޔަތްތައް ލިބޭނެ އެވެ.
ޖެނެރަލް ޑޮކްޓަރުންގެ ތެރެއިން ސީނިއާ މެޑިކަލް އޮފިސަރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު 25،000ރ. އާއި 30،000ރ. އާ ދެމެދުގެ އަދަދެއް ލިބޭއިރު، މެޑިކަލް އޮފިސަރުންނަށް 23،000ރ. އާއި 26،000ރ. އާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ. އަދި އިތުރު ގަޑީގެ ފައިސާ އާއި އިތުރު އިނާޔަތްތައް ލިބޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
ޖެނެރަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ބޭނުންވާ އަތޮޅުތަކުގެ ހޮސްޕިޓަލްތައް އެ އިއުލާނުގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުން އެދޭ ތަނެއްގައި އެ މީހަކަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ،
މީގެ އިތުރުން 100 އަށް ވުރެ ލެބޯޓްރީ ޓެކްނޮލޮޖިސްޓުުންނާއި 25 ރޭޑިއޯގްރާފަރުންނާއި 17 ފިޒިއެތޮރަޕިސްޓުން ހޯދަން ވެސް ހެލްތް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
350 ޑޮކްޓަރުން ޚިދުމަތަށް ނެރެފިން: މިނިސްޓަރު
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ކެންސަރު ބަލީގައި އެނެސްތީސިއާގެ ދައުރު
މުއްދަތު ހަމަވެފައިވާ އައިވީ ދީގެން މުޒާހަރާކުރަނީ
ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫ ހަދަން ހަވާލުކޮށްފި
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ