29 ޖެނުއަރީ 2017
ވޮޝިންޓަން (ޖެނުއަރި 29) - ބައިނަލްއަގުވާމީ ޓެރަރިޒަމް ހުއްޓުވަން، ޚާއްސަކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދޭ ހަމަލާތައް ހުއްޓުވާނެ ގޮތްތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ފޯނުން މަޝްވަރާ ކުރައްވައިފި އެވެ.
ވޮޝިންޓަން (ޖެނުއަރި 29) - ބައިނަލްއަގުވާމީ ޓެރަރިޒަމް ހުއްޓުވަން، ޚާއްސަކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދޭ ހަމަލާތައް ހުއްޓުވާނެ ގޮތްތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ފޯނުން މަޝްވަރާ ކުރައްވައިފި އެވެ.
ވައިޓް ހައުސް އިން ބުނީ ޕުޓިންއާ އެކު ޓްރަމްޕް ފޯނުން ބޭއްވި މަޝްވަރާތަކަކީ ގުޅުން ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އާ މަރުހަލާއަކަށް ގެންދިއުމުގެ ފެށުން ކަމަށެވެ. ކްރެމްލިން އިން ވެސް ބުނެފައި ވަނީ ވަރަށް ގިނަ ދާއިރާތަކާ ގުޅޭ ގޮތުން ޓްރަމްޕާއި ޕުޓިން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި އައިއެސްގެ އިތުރުން، އިޒްރޭލް- ފަލަސްތީނު މައްސަލަ އާއި އީރާނުގެ ނިއުކްލިއާ މައްސަލަ އާއި ނޯތު ކޮރެއާ އާއި ޔޫކްރޭނުގެ މައްސަލަ ހިމެނޭ ކަމަށް ކްރެމްލިން އިން ބުނެފައިވެ އެވެ.
އެކަމަކު މަޝްވަރާތައް ބޮޑަށް އަމާޒުކޮށްފައި ވަނީ ބައިނަލްއަގުވާމީ ޓެރަރިޒަމް ހުއްޓުވުމަށެވެ. މި ގޮތުން އައިއެސް ނައްތާލުމާ ބެހޭ ގޮތުން އެމެރިކާ އާއި ރަޝިޔާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ދެ ލީޑަރުން ވާހަކަ ދައްކަވަފާއިވާ ކަމަށް ވެސް ކްރިމްލިން އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު ރަޝިޔާ އިން ހެކުކުރި ކަމަށް ބުނާ މައްސަލައިގައި ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ސީރިއާގައި އައިއެސް ބަލިކުރަން ޓްރަމްޕް، ޕުޓިން އެއްބަސްވުމަކަށް
ރަޝިޔާގައި ދިން ހަމަލާގައި މަރުވި އަދަދު 133 އަށް
ޔޫކްރޭންގެ މައްސަލައިގައި ޓްރަމްޕުގެ ތައުރީފު ޕުޓިންއަށް
އައިއެސްގެ އާ ލީޑަރުވެސް އެމެރިކާއަށް އެނގޭ: ޓްރަމްޕް
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި
"ބަޣުދާދީ މަރުވީ ތިން ދަރިންނާ އެކު އަމިއްލަ އަށް"
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކޮށްލެވިއްޖެ: ޓްރަމްޕް
އިންތިހާބުގެ ނަތީޖާ "އޮޅުވާލި" ވާހަކަ އަށް ފިލްމެއް
އައިއެސްގެ ގައިގައި 10ގުނަ ބާރަށް ޖަހާނަން: ޓްރަމްޕް