23 ފެބުރުއަރީ 2022
ވެރިކަމުގައި ކޮންމެ ޕާޓީއެއް ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، އެމެރިކާގެ ރަސްމީ ސިޔާސަތަކީ ރަޝިޔާ އަކީ އެމެރިކާގެ އެންމެ ބޮޑު ދުޝްމަން އަދި އެންމެ ބޮޑު އަސްކަރީ ވާދަވެރިޔާ ކަމުގައި ބެލުމެވެ. ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް، އެމެރިކާގެ ކުރީގެ ރައީސުން ދަމަހައްޓަމުން އައީ އެ ސިޔާސަތެވެ.
ވެރިކަމުގައި ކޮންމެ ޕާޓީއެއް ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، އެމެރިކާގެ ރަސްމީ ސިޔާސަތަކީ ރަޝިޔާ އަކީ އެމެރިކާގެ އެންމެ ބޮޑު ދުޝްމަން އަދި އެންމެ ބޮޑު އަސްކަރީ ވާދަވެރިޔާ ކަމުގައި ބެލުމެވެ. ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް، އެމެރިކާގެ ކުރީގެ ރައީސުން ދަމަހައްޓަމުން އައީ އެ ސިޔާސަތެވެ.
ނަމަވެސް ޔޫކްރޭނަށް ރަޝިޔާ ސިފައިން ފޮނުވަން ނިންމި މައްސަލައިގައި އެމެރިކާ ސަރުކާރުގެ ސިޔާސަތާއި، ވެރިކަމުން އެންމެ ފަހުން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިޔާސަތު މިފެންނަނީ އުޑާއި ބިމާހާ ތަފާތުކޮށެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އަމިއްލަ އަށް މިނިވަންކަން އިއުލާންކުރި ދެ ޖުމްހޫރިއްޔާގެ މިނިވަންކަން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ގަބޫލުކުރެއްވުމުން، ޓްރަމްޕު ވަނީ އެކަމަށް ހިތްވަރުދެއްވައި ތައުރީފު ކުރައްވައިފަ އެވެ.
ޓްރަމްޕު ވިދާޅުވި ގޮތުގައި ޔޫކްރޭނުން ވަކިވެ މިނިވަންކަން އިއުލާންކުރި ދެ ޖުމްހޫރިއްޔާއަކީ މިނިވަން ދައުލަތެއް ކަމަށް ޕުޓިން އިގުރާރުވުމަކީ ވަރަށް ބުއްދިވެރި ނިންމެވުމެއް ކަމަށެވެ. ޔޫކްރޭންގެ ބޮޑު ސަރަހައްދެއް މިނިވަން ތަނެއްގެ ގޮތުގައި ރަޝިޔާ އިން ކަނޑައެޅުމަކީ ވަރަށް ފައްކާ ކަމެއް ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.
"އެހެންވީމާ ޕުޓިން މިހާރު އެ ވިދާޅުވަނީ އެއީ މިނިވަން ތަނެކޭ، ޔޫކްރޭންގެ ބޮޑު ސަރަހައްދެއް. އަހަރެން މިބުނަނީ އޭނާ ކިހާ ހުށިޔާރުހޭ. އޭނާ އެ ދަނީ އެތަނަށް ވަދެ ސުލްހަ ބެލެހެއްޓުމާ ހަވާލުވާން. އެއީ ސުލްހަ ބަލަހައްޓާ ވަރުގަދަ ލަޝްކަރެއް. އަހަރެމެންގެ ދެކުނު ބޯޑަރުގައި ވެސް އެކަން އެ ގޮތަށް ކުރެވިދާނެ،" ޓްރަމްޕު ވިދާޅުވި އެވެ.
"އެއީ އަހަންނަށް ފެނުނު ސުލްހަ ބަލަހައްޓާ އެންމެ ވަރުގަދަ ލަޝްކަރު. އޭނާ (ޕުޓިން) އަކީ ވަރަށް ބުއްދިވެރި މީހެއް. އަހަރެން ވަރަށް ވަރަށް ރަނގަޅަށް އޭނާ ދަންނަން."
ޓްރަމްޕު ފާހަގަ ކުރެވިފައިވަނީ ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް، އެމެރިކާގެ އާންމު ސިޔާސަތާ ހިލާފަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި ގާތް ގުޅުމެއް ބޭއްވެވި ރައީސެއްގެ ގޮތުގަ އެވެ. އެމެރިކާގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވި އެއްވެސް ބޭފުޅަކު، އެމެރިކާގެ ހާރިޖީ ސިޔާސަތާ ދެކޮޅަށް މީގެ ކުރިން ވާހަކަ ދައްކަވައިފައެއް ނުވެ އެވެ.
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ކިމްއާ އެކު ހުރިހާ ދާއިރާއަކުން މަޝްވަރާ ކުރެވޭނެ
ޕުޓިންއާ މަޝްވަރާ ކުރައްވަން ކިމް ރޭލުގައި ރަޝިޔާއަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ބަޣާވާތުގެ ވެރިޔާ ހޯދަން ރަޝިޔާ މަސައްކަތް ފަށައިފި
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
އެފް-16 ދީފިއްޔާ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ
ހުޅަނގުގެ އުންމީދަކީ ރަޝިޔާ އިނދަޖެހުން: ޕުޓިން
ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ