Roadha Mihaaru
ސީރިއާގައި އައިއެސް ބަލިކުރަން ޓްރަމްޕް، ޕުޓިން އެއްބަސްވުމަކަށް

ސީރިއާގައި އައިއެސް ބަލިކުރަން ޓްރަމްޕް، ޕުޓިން އެއްބަސްވުމަކަށް

11 ނޮވެމްބަރ 2017

މޮސްކޯ (ނޮވެމްބަރު 11) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ކްރެމްލިން އިން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (ނޮވެމްބަރު 11) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ކްރެމްލިން އިން މިއަދު ބުނެފި އެވެ.

އެޕެކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވިއެޓްނާމަށް ވަޑައިގެންވި ދެ ރައީސުން މިއަދު ވަނީ ކުޑަ ވަގުތުކޮޅަކަށް ބައްދަލު ކުރައްވައިފަ އެވެ. ދެ ބޭފުޅުން ދެއްކެވި ވާހަކައާ ގުޅޭ ގޮތުން އެމެރިކާ އިން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ކްރެމްލިން އިން ބުނެފައި ވަނީ ސީރިއާ މައްސަލަ އަށް އަސްކަރީ ހައްލެއް ނެތް ކަމަށް ވެސް ޓްރަމްޕާއި ޕުޓިން ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޓްރަމްޕާއި ޕުޓިން ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ ޖުލައި މަހު ޖަރުމަނުގައި ބޭއްވި ޖީ20 ސަމިޓުގަ އެވެ. އޭގެ ފަހުން ވަނީ ދެ ގައުމުގެ ގުޅުމުގައި މައްސަލަތަކެއް ޖެހިފަ އެވެ. އެޕެކް ސަމިޓުގެ ތެރޭގައި ޓްރަމްޕާއި ޕުޓިންގެ ރަސްމީ ބައްދަލުވުމެއް ބާއްވާނެކަން އަދި ޔަގީނެއް ނޫނެވެ.

އެމެރިކާ އިން މިހާރު ދަނީ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.