03 ނޮވެމްބަރ 2019
ވޮޝިންޓަން (ނޮވެމްބަރު 3) - އަބޫބަކްރު އަލް ބަޣުދާދީގެ މަރަށް ފަހު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އާ ލީޑަރުގެ ގޮތުގައި ހަމަޖެއްސި އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީއާ ބެހޭ މައުލޫމާތު އެމެރިކާ އަށް އެނގޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ނޮވެމްބަރު 3) - އަބޫބަކްރު އަލް ބަޣުދާދީގެ މަރަށް ފަހު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އާ ލީޑަރުގެ ގޮތުގައި ހަމަޖެއްސި އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީއާ ބެހޭ މައުލޫމާތު އެމެރިކާ އަށް އެނގޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އައިއެސް އަށް ޕްރެޝަރު ކުރުން އެމެރިކާ އިން ހުއްޓައެއް ނުލާނެ. އައިއެސް އަށް ހަމަޖެއްސި އާ ލީޑަރު ވެސް އެމެރިކާ އަށް އެނގޭ،" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ބަޣުދާދީ މަރުވިކަން އައިއެސް އިން ވަނީ ބުރާސްފަތި ދުވަހު ޔަގީންކޮށްދީފަ އެވެ. އަދި އެ ޖަމާއަތަށް އާ ލީޑަރަކު ހަމަޖެއްސިކަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
އަލް ގުރައިޝީ އަކީ ކުރިން މީހުން ދަންނަ ފަރާތެއް ނޫނެވެ. އަދި މީގެ ކުރިން ބަޣުދާދީ މަރުވެފައިވާ ކަމަށް ބުނެފައިވާ ފަހަރުތަކުގައި ވެސް އައިއެސްއާ ހަވާލުވެދާނެ މީހުންގެ ތެރޭގައި ގުރައިޝީގެ ނަން އައިސްފައި ވަނީ މަދު ފަހަރެއްގަ އެވެ.
އައިއެސްގެ އާ ލީޑަރުގެ ގޮތުގައި ހަމަޖެއްސި އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ އަކީ ކުރިން އެހާ މަޝްހޫރު މީހެއް ނޫނެވެ. އާ ލީޑަރާ ބެހޭ މައުލޫމާތެއް އައިއެސް އިން ހާމައެއް ނުކުރެ އެވެ. އަދި އޭނާގެ ފޮތޯއެއް ވެސް އާއްމުކޮށްފައެއް ނުވެ އެވެ. އައިއެސްގެ ބަޔާނުގައި ބުނެފައި ވަނީ ހާޝިމީ އަކީ ޖިހާދީ ހަނގުރާމަވެރިއެއް ކަމަށެވެ. އަދި އޭނާ ކުރިން ވަނީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ ހަފުތާގައި ބަޣުދާދީ މަރާލީ އޭނާ ހުރި ގެއަށް އެމެރިކާގެ ކޮމާންޑޯ އިން ހަމަލާ ދިނުމުން ފިލަން ވަން ބިންގަރާސް މަގުން ސަލާމަތް ނުވެވުމުން، ގައިގައި ހަރުކޮށްފައިވާ ގޮވާ ތަކެތި ގޮއްވާލައިގެން، އަމިއްލަ އަށެވެ.
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި
"ބަޣުދާދީ މަރުވީ ތިން ދަރިންނާ އެކު އަމިއްލަ އަށް"
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކޮށްލެވިއްޖެ: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކުރަން ޓްރަމްޕް، ޕުޓިން އެއްބަސްވުމަކަށް
އައިއެސްގެ ގައިގައި 10ގުނަ ބާރަށް ޖަހާނަން: ޓްރަމްޕް
އައިއެސް ނެތިދިއުމުގެ ކޮޅުމަތި ފެންނަން ފަށައިފި: ޓްރަމްޕް
އައިއެސް މި ޕްލެނެޓުން ވެސް ނައްތާލަން: ޓްރަމްޕް
އައިއެސްއާ ގުޅޭ ގޮތުން ޓްރަމްޕް-ޕުޓިން މަޝްވަރާކޮށްފި
އައިއެސްގެ ބާނީއަކީ އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ