01 މާޗް 2017
ވޮޝިންޓަން (މާޗް 1) - ދުނިޔެ އަށް ބޮޑު ނުރައްކަލަކަށްވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) މި ޕްލެނެޓުން ވެސް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (މާޗް 1) - ދުނިޔެ އަށް ބޮޑު ނުރައްކަލަކަށްވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) މި ޕްލެނެޓުން ވެސް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވެރިކަމަށް ވަޑައިގެންނެވިތާ 40 ދުވަސް ފަހުން ކޮންގްރެސްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އައިއެސް އަކީ ދުނިޔޭގެ ދުޝްމަނެއް ކަމަށެވެ. އައިއެސް އަށް އަމާޒުކޮށް ޓްރަމްޕް ހަރުކަށި އިންޒާރެއް ދެއްވުމާ ގުޅިގެން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.
އެމެރިކާގެ ކޮންގްރެސްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ތަގުރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ އައިއެސް ނައްތާލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އައިއެސް ނައްތާލުމުގެ ޕްލޭނެއް ތައްޔާރު ކުރުމަށް ދިފާއީ ވަޒީރަށް އަންގަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ޕެންޓަގަނުން މިހާރު ވަނީ އެ ޕްލޭން ތައްޔާރުކޮށް ވައިޓް ހައުސް އަށް ހުށަހަޅައިފަ އެވެ.
ޓްރަމްޕްގެ ތަގްރީރުގައި ވަނީ އެމެރިކާގެ "ރޫހު ދިރުވާނެ ކަމަށް" ވިދާޅުވެފަ އެވެ. އަދި ޔަހޫދީ މަގްބަރާކަށް ދާދި ފަހުން ހަމަލާދީ ތަންތަން ހަލާކު ކުރި މައްސަލަ އާއި ކެންސަސްގާއި އިންޑިއާ މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލުން ވަނީ ކުށްވެރި ކުރައްވައިފަ އެވެ.
އެމެރިކާގެ ކޮންގްރެސްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ތަގުރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
"އިމިގްރޭޝަން ގާނޫނުތައް ހަރުދަނާކޮށް، މުސާރަތައް ބޮޑުކޮށް، ވަޒީފާ ނެތް މީހުންނަށް އެހީތެރިވެ، އެތައް ބިލިއަން ޑޮލަރެއް ސޭވްކޮށް އަދި އަޅުގަނޑުމެންގެ މުޖްތަމައަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހަދާނަން،" ގާނޫނު ހަދާ މަޖިލީހުގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ ތަގްރީރުގައި އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައީ ޔަމަނުގައި އަލްގައިދާއާ ދެކޮޅަށް އެމެރިކާގެ ނޭވީ ސީލުން ދިން ހަމަލާގައި މަރުވި ރަޔަން އޮވެންސް އަށް އިހުތިރާމް އަދާކުރެއްވުމުންނެވެ.
ޓްރަމްޕު ވަނީ އެމެރިކާގެ ސިއްހީ އިންޝުއަރެންސް ނިޒާމް، އޮބާމާކެއާ، އުވާލުމަށް ފަރުވާތެރިކަމާ އެކު ނިންމުން ނިންމުމަށް ކޮންގްރެސް އަށް ގޮވާލައްވައިފަ އެވެ.
އައިއެސްގެ އާ ލީޑަރުވެސް އެމެރިކާއަށް އެނގޭ: ޓްރަމްޕް
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި
"ބަޣުދާދީ މަރުވީ ތިން ދަރިންނާ އެކު އަމިއްލަ އަށް"
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކޮށްލެވިއްޖެ: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކުރަން ޓްރަމްޕް، ޕުޓިން އެއްބަސްވުމަކަށް
އައިއެސްގެ ގައިގައި 10ގުނަ ބާރަށް ޖަހާނަން: ޓްރަމްޕް
އައިއެސް ނެތިދިއުމުގެ ކޮޅުމަތި ފެންނަން ފަށައިފި: ޓްރަމްޕް
އައިއެސްއާ ގުޅޭ ގޮތުން ޓްރަމްޕް-ޕުޓިން މަޝްވަރާކޮށްފި
އައިއެސްގެ ބާނީއަކީ އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ