22 އޮކްޓޯބަރ 2017
ވޮޝިންޓަން (އޮކްޓޯބަރު 22) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވެރިރަށުގެ ގޮތުގައި ބެލި ރައްގާ ހިފުމާ އެކު އެ ޖަމާއަތް ނެތި ދިއުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (އޮކްޓޯބަރު 22) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ވެރިރަށުގެ ގޮތުގައި ބެލި ރައްގާ ހިފުމާ އެކު އެ ޖަމާއަތް ނެތި ދިއުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައިއެސްގެ ޚިލާފަތު ނެތި ދިއުމާ އެކު ސީރިއާ އަށް ދާއިމީ ސުލްހަ ހޯދޭނެ ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދަން ޑިޕްލޮމެޓިކް ގޮތުން އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މި މޭރުމުން ޓްރަމްޕް ވާހަކަ ދެއްކެވި އިރު އެމެރިކާގެ މަދަދު ލިބޭ ކުރުދީ ސިފައިން ހިމެނޭ ލަޝްކަރުން ވަނީ މީގެ ފަސް ދުވަސް ކުރިން ރައްގާ ހިފައިފަ އެވެ. ރައްގާ ހިފީ ހަތަރު މަސް ދުވަހުގެ ހަނގުރާމަ އަށް ފަހު އެވެ.
"އައިއެސްގެ ވެރިރަށް އަތުލުމާއި އެ މީހުންގެ ބާރުގެ ދަށުގައިވާ ބިންތަކުން ބޮޑު ސަަރަހައްދެއް އަނބުރާ ހޯދުމާ އެކު އައިއެސް ނެތި ދިއުން ވަނީ ވަރަށް ކައިރިވެފައި،" ޓްރަމްޕް ވިދާޅުވި އެވެ.
އައިއެސް އިން 2014 ގައި ރައްގާ ހިފުމާ އެކު އެ ތަން ބޭނުންކޮށްފައި ވަނީ ހުޅަނގާ ދެކޮޅަށް ދޭ ހަމަލާތައް ރޭވުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގަ އެވެ.
ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ބޭރު ކުރުމާ ބެހޭ ވާހަކައެއް ޓްރަމްޕުގެ ބަޔާނުގައި ހިމަނުއްވައިފައެއް ނުވެ އެވެ.
އައިއެސްގެ އާ ލީޑަރުވެސް އެމެރިކާއަށް އެނގޭ: ޓްރަމްޕް
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި
"ބަޣުދާދީ މަރުވީ ތިން ދަރިންނާ އެކު އަމިއްލަ އަށް"
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކޮށްލެވިއްޖެ: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކުރަން ޓްރަމްޕް، ޕުޓިން އެއްބަސްވުމަކަށް
އައިއެސްގެ ގައިގައި 10ގުނަ ބާރަށް ޖަހާނަން: ޓްރަމްޕް
އައިއެސް މި ޕްލެނެޓުން ވެސް ނައްތާލަން: ޓްރަމްޕް
އައިއެސްއާ ގުޅޭ ގޮތުން ޓްރަމްޕް-ޕުޓިން މަޝްވަރާކޮށްފި
އައިއެސްގެ ބާނީއަކީ އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ