04 ނޮވެމްބަރ 2017
ވޮޝިންޓަން (ނޮވެމްބަރު 4) - ނިއު ޔޯކުގައި ދިން ހަމަލާއާ ގުޅިގެން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ގައިގައި އެމެރިކާ އިން ދެން ޖަހާވަރު "10 ގުނަ ބާރުވާނެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ނޮވެމްބަރު 4) - ނިއު ޔޯކުގައި ދިން ހަމަލާއާ ގުޅިގެން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ގައިގައި އެމެރިކާ އިން ދެން ޖަހާވަރު "10 ގުނަ ބާރުވާނެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އަހަރެމެންގެ ގައިގައި ޖަހާ ކޮންމެ ފަހަރަކު އެއީ އައިއެސްކަން އެނގޭ. އެކަމަކު އައިއެސްގެ ގައިގައި އަހަރެމެން ޖަހާނަން ތިޔަބޭފުޅުން ހީވެސް ނުކުރާހާ ބާރަށް،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ނިއު ޔޯކުގައި ޓްރަކުން ޖައްސާ، އަށް މީހުން މަރާލި ހާދިސާގެ ކްރެޑިޓް ވަނީ އައިއެސް އިން ނަގައިފަ އެވެ. އެ ހާދިސާ ހިންގި ޑްރައިވަރު އުޒްބެކިސްތާނުން އެމެރިކާ އަށް ހިޖުރަކޮށްފައިވާ ސައިފުﷲ ސައިޕޯވް ވަނީ އައިއެސް އަށް ވަރަށް ބޮޑަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ 12 ދުވަހުގެ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ އައިއެސް އިން އެމެރިކާގެ ގައިގައި ޖަހާ ކޮންމެ ފަހަރަކު ރައްދުގައި އައިއެސްގެ ގައިގައި 10 ގުނަ ބާރަށް ޖަހާނެ ކަމަށެވެ.
ޕެންޓަގަނުން ހުކުރު ދުވަހު ވަނީ ސޯމާލިއާގެ އިރުއުތުރުގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނަށް ވައިގެ ހަމަލާދީ އެތައް ބައިވަރު ޓެރަރިސްޓުންނެއް މަރާލާފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ ނިއު ޔޯކުގައި ދިން ހަމަލާއާ ގުޅިގެން ދިން ވައިގެ ހަމަލާތަކެއްކަން އެމެރިކާގެ އެފްރިކާ ކޮމާންޑުން ބުނެފައެއް ނުވެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ބެލުމުގެ ދަށުން ސީރިއާ އާއި އިރާގުގައި ދޭ ހަމަލާތަކުގެ ސަބަބުން އައިއެސް މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ އައިއެސްގެ ބާރުގެ ދަށުގައިވާ ބިންތަކުގެ 95 ޕަސެންޓް އަނބުރާ ހިފާފައިވާ ކަމަށެވެ.
އައިއެސްގެ އާ ލީޑަރުވެސް އެމެރިކާއަށް އެނގޭ: ޓްރަމްޕް
ބަޣުދާދީގެ ބަދަލުގައި ހުރި މީހާ ވެސް ވަނީ މަރާލާފައި
"ބަޣުދާދީ މަރުވީ ތިން ދަރިންނާ އެކު އަމިއްލަ އަށް"
އައިއެސް ބަލިކުރި ނަމަވެސް ނުރައްކާ އެބައޮތް: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކޮށްލެވިއްޖެ: ޓްރަމްޕް
ސީރިއާގައި އައިއެސް ބަލިކުރަން ޓްރަމްޕް، ޕުޓިން އެއްބަސްވުމަކަށް
އައިއެސް ނެތިދިއުމުގެ ކޮޅުމަތި ފެންނަން ފަށައިފި: ޓްރަމްޕް
އައިއެސް މި ޕްލެނެޓުން ވެސް ނައްތާލަން: ޓްރަމްޕް
އައިއެސްއާ ގުޅޭ ގޮތުން ޓްރަމްޕް-ޕުޓިން މަޝްވަރާކޮށްފި
އައިއެސްގެ ބާނީއަކީ އޮބާމާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ