Roadha Mihaaru
ލިވަޕޫލް ކެޓިއިރު ޗެލްސީ، ސިޓީ އަދި އާސެނަލަށް މޮޅެއް

ލިވަޕޫލް ކެޓިއިރު ޗެލްސީ، ސިޓީ އަދި އާސެނަލް އަނެއް ބުރަށް

29 ޖެނުއަރީ 2017

ލަންޑަން (ޖެނުއަރީ 29) – ޗެމްޕިއަންޝިޕުގެ ވުލްވްސް އަތުން 2-1 އިން ބަލިވެ އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ކެޓިއިރު މެންޗެސްޓާ ސިޓީ އާއި އާސެނަލް އަދި ޗެލްސީ ރޭ ކުޅުނު މެޗުތަކުން މޮޅުވެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ޖެނުއަރީ 29) – ޗެމްޕިއަންޝިޕުގެ ވުލްވްސް އަތުން 2-1 އިން ބަލިވެ އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ކެޓިއިރު މެންޗެސްޓާ ސިޓީ އާއި އާސެނަލް އަދި ޗެލްސީ ރޭ ކުޅުނު މެޗުތަކުން މޮޅުވެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ސްވަންސީ ސިޓީ އަތުން ބަލިވެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރޭހުން ކޮންމެވެސް ވަރަކަށް ފެޔަށް ޖެހި އަދި ލީގު ކަޕުން ވެސް ކަޓާފައިވަނިކޮށް ރޭ އެފްއޭ ކަޕުން ލިވަޕޫލް ކެޓުމާ އެކު އެ ޓީމު ވަނީ އިތުރު މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެކަމަކު އެ ޓީމަށް ލިބުނު ހިތްހަމަޖެހުމަކީ އެފްރިކަން ކަޕް އޮފް ނޭޝަންސް އިން ސެނެގާލް ރޭ ކެޓުމާ އެކު، ލިވަޕޫލުގެ ފޯވާޑް ސަޑިއޯ މާނޭ ޓީމާ އަވަހަށް ގުޅޭގޮތް ވުމެވެ. ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި މާނޭ ކުޅޭނެ އެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މެޗުގެ އެއް ވަނަ މިނެޓުގައި ވުލްވްސްގެ ރިޗަޑް ސްޓިއަމަން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 41 ވަނަ މިނެޓުގައި ޖެހީ އަންދްރޭ ވިއެމަން އެވެ. އޭނާ ވަނީ އެސްޓަން ވިލާގައި ހުރިއިރު ވެސް ލިވަޕޫލަށް ލަނޑު ދީފަ އެވެ. ލިވަޕޫލުގެ ހަމައެކަނި ލަނޑު 86 ވަނަ މިނެޓުގައި ޖެހީ ޑިވޯކް އޮރިގީ އެވެ.

ޗެލްސީ ފަސް ވަނަ ބުރުން ޖާގަ ހޯދީ ރޭ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން 4-0 އިން މޮޅުވެގެންނެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ވިލިއަން އާއި ޕެޑްރޯ އާއި ބްރަންސިލާވް އިވަނޮވިޗް އަދި މިޗީ ބަޓްޝުއާއީ އެވެ. ރޭގެ މެޗުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ރިޒާވް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން 3-0 އިން މެންޗެސްޓާ ސިޓީ މޮޅުވި އިރު ގޯލް ޖަހައިދިނީ ރަހީމް ސްޓާލިން އާއި ލެރޯއީ ސާނޭ އަދި ޔާޔާ ޓޫރޭ އެވެ. އާސެނަލް ވެސް ފަސް ވަނަ ބުރުން ޖާގަ ހޯދީ ވެސް ތަފާތު ބޮޑު މޮޅަކާ އެކު އެވެ. ރަށުން ބޭރުގައި ސައުތުހެމްޓަން އަތުން އާސެނަލް މޮޅުވީ 5-0 އިންނެވެ. މި މެޗުގައި ތިއޯ ވޮލްކޮޓް ހެޓްރިކެއް ހެދިއިރު ޑެނީ ވެލްބެކް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.