Roadha Mihaaru
ލިވަޕޫލް އެއްވަރު، ޗެލްސީ މޮޅުވެ އަނެއް ބުރަށް

ލިވަޕޫލް އެއްވަރު، ޗެލްސީ މޮޅުވެ އަނެއް ބުރަށް

08 ޖެނުއަރީ 2017

ލިވަޕޫލް (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގައި މިރޭ ހަތަރު ވަނަ ޑިވިޝަންގެ ޕްލިމައުތު އާގައިލްއާ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ލިވަޕޫލް އެއްވަރުވިއިރު، ޕީޓަބޮރޯ ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެ ޗެލްސީ މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގައި މިރޭ ހަތަރު ވަނަ ޑިވިޝަންގެ ޕްލިމައުތު އާގައިލްއާ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ލިވަޕޫލް އެއްވަރުވިއިރު، ޕީޓަބޮރޯ ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެ ޗެލްސީ މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެެވެ.

ލިވަޕޫލް ތާރީހުގައި ރަސްމީ މެޗަކަށް ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރައާ އެކު ނުކުތް މި މެޗުގައި އެ ޓީމަށް މާ ގިނަ ނުރައްކާތެރި ހަމަލާތަކެއް ނުއުފެއްދުނެވެ. ޕްލިމައުތުން ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްގެ ކުރިޔަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އަށް މާ ގިނަ ފުރުސަތެއް ލިބިފައިނުވެ އެވެ.

މެޗުގެ ދެ ވަނަ ހާފްގައި ލިވަޕޫލުން ޑެނިއަލް ސްޓަރިޖާއި އެޑަމް ލަލާނާ އަދި ރޮބާޓޯ ފިރްމީނޯ ކުޅެން އެރުވުމުން ޓީމުގެ އެޓޭކް ރަނގަޅުވި އެވެ. ސްޓަރިޖް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ގޯލުގެ ދަނޑިކައިރިން ދިޔައިރު، ޒުވާން މިޑްފީލްޑަރު ޝެއީ އޯޖޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ޕްލިމަތު ކުޅުންތެރިޔަކު ކައިރިން ލިވަޕޫލްގެ ވުޑްބާން (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ޕްލިމަތު ކުޅުންތެރިޔަކު ކައިރިން ލިވަޕޫލްގެ ވުޑްބާން (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

މި މެޗަށް ފަހު ޕްލިމައުތު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. މިއީ އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލިވަޕޫލާ އެކު ކުޅުނު މެޗަކުން ބަލިނުވެ ފަރުޖައްސާލެވުނު ފަހަރެވެ.

މި ނަތީޖާއާ އެކު މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދަން ލިވަޕޫލް ޖެހޭނީ ޕްލިމައުތު ދަނޑުގައި މި މަހު 16 ވަނަ ދުވަހުގެރޭ ކުޅޭ ރީޕްލޭ މެޗުން މޮޅުވާށެވެ. ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާއިރު، އިތުރު މެޗެއް ކުޅެން ޖެހުމަކީ ލިވަޕޫލަށް ކުރިމަތިވާނެ އިތުރު އުނދަގުލެކެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މެޗަށް ނުކުތް ފުރަތަމަ އެގާރައާ ދެކޮޅަށް ޕްލިމައުތުން ދެއްކި ޑިފެންސިވް ކުޅުމަށް ބެލުމަށް ފަހު މިއީ ގޯސް ނަތީޖާއެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ފުރަތަމަ އެގާރަ އަށް ބަލާއިރު މި ނަތީޖާ ނުކުތުމުގެ ފުރުސަތު އޮތް. ޕްލިމައުތުގެ 11 ކުޅުންތެރިން ތިބީ ފަހަތުގައި އެގޮތަށް ބަލާއިރު ވެސް މި ނަތީޖާ ނުކުތުމުން އަހަރެން ހައިރާނެއް ނުވޭ. ދެން ކުޅޭ ރިޕްލޭ މެޗުން މޮޅުވެގެން ކުރިޔަށް ދިއުމުގެ ފުރުސަތު އަދިވެސް އެބައޮތް." ކްލޮޕް ބުންޏެވެ.

އިނގިރޭސި ތިން ވަނަ ޑިިވިޝަނުގެ ޕީޓަބޮރޯއާ ދެކޮޅަށް މިރޭގެ މެޗަށް ޗެލްސީން ވެސް ނުކުތީ ބަދަލުތަކަކާ އެކު އެވެ. އެ ޓީމުން ވަނީ ޓީމުގެ ކެޕްޓަން ޖޯން ޓެރީ އާއި އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރި ޒުވާން ޑިފެންޑަރު ކާޓް ޒޫމާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ.

ޗެލްސީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޕެޑްރޯ ރޮޑްރިގޭޒެވެ. އަނެއް ލަނޑުތައް ކާމިޔާބުކުރީ މިޝީ ބަޓްޝުއާޔީ އާއި ވިލިއަން އެވެ.

ޗެލްސީން މި މެޗުގެ ފަހު 23 މިނިޓް ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗުގެ 67 ވަނަ މިނިޓްގައި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އަށް ރަތް ކާޑު ދެއްކުމުންނެވެ. ޗެލްސީ އެއް ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި ޕީޓަބޮރޯގެ ހަމައެކަނި ލަނޑު ޖެހީ ޓޮމް ނިކޯލްސް އެވެ.