Roadha Mihaaru
ޗެލްސީ އެކަޑަމީ މެޗުތަކަށް ބައެއް ސްކައުޓުން މަނާކުރަނީ

ލިވަޕޫލްގެ ސްކައުޓުން ޗެލްސީގެ އެކަޑަމީ މެޗުތަކަށް ނުވައްދަން ނިންމައިފި

17 އޮކްޓޯބަރ 2024

ލަންޑަން (އޮކްޓޫބަރު 17) - ޗެލްސީގެ އެކަޑަމީން ބޭނުންކުރާ ކޮބާމް ޓްރޭނިން ދަނޑުގައި ކުޅޭ އެކަޑަމީ މެޗުތަކަށް ލިވަޕޫލްގެ ސްކައުޓުން ނުވައްދަން ޗެލްސީން ނިންމައިފި އެވެ.

ލަންޑަން (އޮކްޓޫބަރު 17) - ޗެލްސީގެ އެކަޑަމީން ބޭނުންކުރާ ކޮބާމް ޓްރޭނިން ދަނޑުގައި ކުޅޭ އެކަޑަމީ މެޗުތަކަށް ލިވަޕޫލްގެ ސްކައުޓުން ނުވައްދަން ޗެލްސީން ނިންމައިފި އެވެ.

އެ ކްލަބުން މިގޮތަށް ނިންމީ، ލިވަޕޫލުން މިދިޔަ މަހު ސީދާ ކުޅުންތެރިޔާއަށް އެޕްރޯޗް ކޮށްގެން، ޗެލްސީގެ އެކަޑަމީއަށް ކުޅެމުން އައި 16 އަހަރުގެ ރިއޯ އެންގުމޯހާ ލިވަޕޫލަށް ސޮއިކުރުވުމާ ގުޅިގެންނެވެ.

ޕްރިމިއާ ލީގުގެ ޔޫތު ޑެވެލޮޕްމަންޓް މެންޑޭޓުގައި ވާގޮތުން، އެކަޑަމީ މެޗުތަކަށް ހާޒިރުވާން ބޭނުންވާ ސްކައުޓުން، މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން އެދުމުން، އައިޑެންޓިޓީ ކާޑު އޮންނަ ސްކައުޓުންނަށް ފުރުސަތު ފަހި ކޮށްދޭން ޖެހެ އެވެ.

ނަމަވެސް ޗެލްސީން މިވަނީ ލިވަޕޫލާއި މެންޗެސްތާ ޔުނައިޓެޑްގެ ސްކައުޓުންނަށް ވެސް ކޮބާމްގައި ކުޅޭ މެޗުތަކަށް ހުއްދަ ނުދޭން ނިންމައިފަ އެވެ.

މިކަމާ ގުޅިގެން ލިވަޕޫލާއި ޔުނައިޓެޑުން މިދިޔަ ހަފްތާ ޗެލްސީއާ އެކު މަޝްވަރާ ކުރި ނަމަވެސް އަދިވެސް ހައްލެއް ލިބިފައި ނުވާކަމަށް އިނގިރޭސި މީޑިއާތައް ރިޕޯޓް ކުރެ އެވެ.

ޗެލްސީގައި 2005 އިން ފެށިގެން މަސައްކަތް ކުރަމުން އައި ނީލް ބާތު އާއި ޖިމް ފްރޭޒާ، އެކަޑަމީގެ ޑިރެކްޓަރުންގެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން، މި މަހު އެކަޑަމީގެ ޓެކްނިކަލް ޑިރެކްޓަރުކަން ވަނީ މެންޗެސްޓާ ސިޓީގައި މަސައްކަތް ކުރި ގްލެން ވެން ޑަ ކްރާންއާ ހަވާލުކޮށްފަ އެވެ.

އަދި އެކަޑަމީގެ ފުޓްބޯޅަ އޮޕަރޭޝަން ހަވާލު ކޮށްފައި ވަނީ 2011 އިން ފެށިގެން ކްލަބުގައި މަސައްކަތް ކުރަމުން އަންނަ ޖެކް ފްރޭންސިސްއާ އެވެ.