ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރަންޖެހޭ ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
15 ޖޫން 2023
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރަންޖެހޭ ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 3،000 އާއި 7،000 އާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ނިންމައި ސަރުކާރުން މިއަދު އިއުލާންކުރުމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ އުޝާމް ނިސްބަތްވާ އެންއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މީގެ ހަތަރު އަހަރު ކުރިން އެކަމާ ގުޅޭ ގޮތުން ގާނޫނަށް ހުށަހެޅުއްވި އިސްލާހު ފާސްނުކުރުމުން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.
އުޝާމް ވިދާޅުވީ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެ ގާނޫނު އިސްލާހުކުރުމަށް 2019 ގައި ނާޒިމް ހުށަހެޅުއްވުމުން އެ ބިލު ފާސްކުރީސް ކަމަށެވެ.
އުޝާމް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރުމަށް ގާނޫނު އިސްލާހުނުކުރުމުގެ ނަތީޖާއަކީ އިތުރުކުރި އެލަވަންސް ދިނުން ސަރުކާރުން ބޭނުންއިރަކު ހުއްޓާލެވުން ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް ގެނައުމަށް ނާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް މަހަކު 5،000-7،000ރ. ގެ އެލަވަންސްއެއް ދިނުމަށެވެ. އަދި ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ މީހުންނަށް މަދުވެގެން 9،000ރ. ގެ އެލަވަންސް ދިނުމަށެވެ.
ދައުލަތުން ދޭ މާލީ އެހީގެ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ލިބެނީ 2000ރ. އެވެ. އެ އެލަވަންސް މިއަދު ބޮޑުކޮށްފައި ވަނީ ގިންތިތަކެއް ހިމަނައިގެންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިހާރު 11،371 މީހުން ރަޖިސްޓްރީވެފައިވެ އެވެ. ކުރިން ލިބެމުން އައި 2،000 ރުފިޔާ ގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި އިތުރު 1000ރ. ދޭން ނިންމާފައިވާއިރު އެއާއެކު އެ ދަޕްތަރުގައި ހިމެނޭ ހުރިހާ އެންމެންނަށް މަދުވެގެން 3000ރ. މި މަހުން ފެށިގެން ލިބޭނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 7،000 ލިބެނީ 3 ޕަސެންޓް މީހުންނަށެވެ. އެއީ 98 އާއިލާގެ 222 މީހުންނެވެ. މިއީ މީގެ 12 އަހަރުން ކުރިން ފެށިގެން ދެމުން އައި ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑުކުރި ފުރަތަމަ ފަހަރެވެ.
ނުކުޅެދޭ މީހުންގެ އިނާޔަތް ބޮޑުކުރާ ބިލް ބޭރުކޮށްލައިފި
އިނާޔަތް ބޮޑު ކުރަން ހުށަހެޅީ ސަރުކާރާ މަޝްވަރާނުކޮށް!
ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭ ނިޒާމު މުހިއްމު
އިނާޔަތް ބޮޑުކުރުމުގެ ވައުދަށް އަނާރާ ސުވާލުއުފައްވައިފި
ސައިން ލެންގްއޭޖް ކޯސްތައް ރަށްރަށުގައި ހިންގަނީ
އެދުނީ އިޒްރޭލު ނޫން ޕާސްޕޯޓެއް ނަމަ މަނާނުކުރަން
ދަރިފުޅުގެ މަރުގެ ހިތާމައިގެ ތެރެއިން ބޮޑު ނިއުމަތެއް
ފައި ބުރިކޮށްލުމުން ލިބުނު ހިތްވަރުގައި ހިނގަނީ
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ
އެނދުގައި އޮންނަންޖެހޭނެއޭ ބުންޏަސް މި ހުރީ ތެދުވެ