އާއްމު އިޖުތިމާއީ ހިދުމަތްތެރިއެއްގެ ގޮތުގައި މަޝްހޫރުވި އަހުމަދު ހިޝާން، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރި މައްސަލައިގައި ދައުވާ ނުކުރީ ހެކި ނެތިގެން ނޫން ކަމަށާއި ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.
އާއްމު އިޖުތިމާއީ ހިދުމަތްތެރިއެއްގެ ގޮތުގައި މަޝްހޫރުވި އަހުމަދު ހިޝާން، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރި މައްސަލައިގައި ދައުވާ ނުކުރީ ހެކި ނެތިގެން ނޫން ކަމަށާއި ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހިޝާންގެ މައްސަލަ ތަހުގީގުކުރުމަށް ފަހު، ދައުވާ ކޮށްދޭން އެދި 2020 ވަނަ އަހަރު ފުލުހުން އެ މައްސަލަ ފޮނުވި ކަމަށެވެ. އަދި އޭރު ލިބިފައި ހުރި ހެކިތަކަށް ބަލާއިރު ވެސް ދައުވާ ކުރެވޭ ވަރަށް ބައެއް ކުދިންނާ ގުޅޭ ގޮތުން ހެކި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ހެކި ހުރި މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ ދައުވާ ނުކުރެވުނީ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ ތުހުމަތުގެ އެ މައްސަލަ ކުރިއަށް ނުގެންދެވުނީ، އޮފިޝަލް ވިދާޅުވި ގޮތުގައި އެކަންކަން ހިނގިތާ އަށް އަހަރަކަށް ވުރެ ގިނަ ދުވަސްވުމުންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން، މައްސަލައެއްގައި ދައުވާ ކުރެވޭނީ އެކަމެއް ހިނގިތާ 8 އަހަރުގެ ތެރޭގަ އެވެ. މި މައްސަލަ ފެންމަތިވިއިރު، ހިޝާންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ ކުދިންގެ އުމުރުން 18 އަހަރު ވެއްޖެ އެވެ.
"ދައުވާ ނުކުރެވުނީ މުއްދަތު ފަހަނައަޅާ ދިޔައީމާ. [ދައުވާ ކުރެވޭ ވަރަށް] ހެކި ހުރި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޝާންގެ މައްޗަށް ދައުވާ ނުކުރެވުމުން، އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހުން އެކަން ހުށަހެޅުމަށް އެ އަހަރު ހުޅުވާލި ކަމަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެފަދަ އެއްވެސް ރިޕޯޓެއް ނުލިބޭ ކަން ޕީޖީ އޮފީހުގެ އޮފިޝަލް ފާހަގަކުރެއްވި އެވެ.
ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ހިޝާން ބުނީ ޖިންސީ ގޯނާގެ ތުހުމަތަށް މިހާތަނަށް ކުރީ އެންމެ ދެ ސުވާލު ކަމަށެވެ. އެއީ ސޯޝަލް މީޑިއާގައި އޭރު ދެއްކި ވާހަކަތަކާއި އެއްވެސް އިރެއްގައި ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވޭތޯ އެވެ.
އިތުރަށް ސުވާލެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
"ތަހުގީގު ނިމުނީ. ރައްދުވާ މީހާއަށް އެނގެން ޖެހޭނެތާ އޭނާ ޖިންސީ ގޯނާކުރީ ކާކަށް ކަން. އަނެއްކާ އެޗްއާރުސީއެމުން އެބައޮތް ބޮޑު ރިޕޯޓެއް ނެރެފައި ވިކްޓިމް އަކީ ކާކުކަން ސާފުނުވާ ކަމަށް،" ހިޝާން ބުންޏެވެ.
އޭނާ ބުނިގޮތުގައި ކުޑަކުއްޖަަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ, 20 އަހަރު ފަހުން އެއްވެސް މީހަކު ނުނިކުންނާނެ ކަމަށެވެ. އަދި ފުލުހުން ދިން ލިޔުމުގައި ވެސް، ދައުވާ ކުރަންޖެހޭ މުއްދަތުގައި އެފަދަ ކަމެއް ހިނގިކަމުގެ ރިޕޯޓެއް ނެތް ކަމަށް ބުނެފައިވާކަން ފާހަގަކުރި އެވެ.
އިޖުތިމާއީ ދާއިރާއިން ގައުމީ އިނާމު ވެސް ހާސިލް ކޮށްފައިވާ ހިޝާނަށް، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު ފުރަތަމަ ކުރީ 2020 ވަނަ އަހަރު އެވެ. ބައެއް މީހުންނަށް ދިމާވި ކަންކަން ވެސް ސޯޝަލް މީޑިއާގައި އޭރު ހިއްސާކޮށް، އޭނާއާ ދެކޮޅަށް ބައެއް މީހުން ބަޔާން ވެސް ދިނެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު، އެޗްއާރުސީއެމްގެ ޑިސެބިލިޓީ އެމްބެސެޑަރުކަމުން ހިޝާން ވަކިކޮށް، ޕާސްޕޯޓު ވެސް ހިފެހެއްޓި އެވެ. އޭގެ ފަހުން، ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ ދޫކޮށް ތުރުކީ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭގެ ފަސް އަހަރު ފަހުން، މިދިޔަ މަހުގެ ފަހުކޮޅު ހިޝާން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކޮށް، މައްސަލަ ތަހުގީގު ކުރީ ނުހައްގުން ކަމަށް ބުނެ ބައެއް މީހުންނާ ބެހޭ ގޮތުން ބޮޑެތި ތުހުމަތުތައް ކޮށްފައިވެ އެވެ.
ކުއްޖަކާ ބެހުމުގެ ދައުވާ ހަ އަހަރު ފަހުން ގެންގޮސްފި
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ޒަކިއްޔާގެ މަރު: ދައުވާ ކުރުމާމެދު ޕީޖީއާއެކު މަޝްވަރާ
ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި
52 ފަހަރު ހައްޔަރުކުރި މީހަކު ހަތް މަހަށް ޖަލަށް
ސިނގިރޭޓު އެތެރެކުރި މައްސަލާގައި ތިން މީހަކަށް ދައުވާ
ކޭޕާކު މަންޑޭ ބަންދުން ދޫކޮށްލައިފި
ޔޯގާ ހަމަނުޖެހުމާ ގުޅިގެން އުފުލި ބައެއް ދައުވާނަގައިފި
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް