12 ޖޫން 2023
ރާއްޖެ އަށް ޓޫރިސްޓުން އައުން މި ދުވަސްވަރު މަދުވުމުން، މިދިޔަ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 99 މިލިއަން ރުފިޔާ ދަށަށް ހިނގައްޖެ އެވެ
ރާއްޖެ އަށް ޓޫރިސްޓުން އައުން މި ދުވަސްވަރު މަދުވުމުން، މިދިޔަ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 99 މިލިއަން ރުފިޔާ ދަށަށް ހިނގައްޖެ އެވެ
ޓެކްސް އިދާރާ، މީރާ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމުން ނަގާ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި މިދިޔަ މޭ މަހު ލިބުނީ 718 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 817 މިލިއަން ރުފިޔާ އެވެ.
ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މޭ މަހު ވަނީ އޭޕްރީލް މަހަށް ވުރެ 26 ޕަސެންޓު ދަށްވެފަ އެވެ. މޭ މަހު އައީ 120،000 ޓޫރިސްޓުންނެވެ. އޭގެ ކުރީ މަހު 160،000 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހަށް ވުރެ 3.6 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ އަށް 125،000 ޓޫރިސްޓުން އައެވެ.
މިދިޔަ މަހު ޓީޖީއެސްޓީގެ އާމްދަނީ ދަށްވި އިރު ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ އޭގެ ކުރީ މަހަށް ވުރެ އަށް ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 1.7 ބިލިއަން ރުފިޔާ އެވެ. އޭޕްރީލް މަހު ޓެކްސްގެ އާމްދަނީގެ ގޮތުގައި ލިބުނީ 1.8 ބިލިއަން ރުފިޔާ އެވެ.
މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ވެސް ވަނީ ހަ ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ މަހު ޑޮލަރުން ލިބުނީ 73 މިލިއަނެވެ. މޭ މަހު ޑޮލަރުން ޓެކްސްގެ ގޮތުގައި ލިބުނީ 77 މިލިއަނެވެ.
މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި ޖުމްލަ އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ މަހަށް ވުރެ 100 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މޭ މަހުގެ އާމްދަނީ އޭގެ ކުރީ މަހަށް ވުރެ ދަށްވެފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު ޖުމްލަ ޓެކްސްގެ އާމްދަނީ ވަނީ 25 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މޭ މަހު މީރާ އަށް ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ.
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ
"ޓީޖީއެސްޓީ ބޮޑުކުރީމަ 50 މިލިއަން ޑޮލަރު ގެއްލޭނެ"
ރިސޯޓު ކުލި ކުޑަކުރުމުން 590 މިލިއަން ގެއްލޭނެ
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް
ޓެކްސް ނުދެއްކުމުން ލައިސަންސް އާކޮށްނުދީ ހިފެހެއްޓޭނެ
ޓޫރިޒަމުން ޖީޑީޕީއަށް ހިއްސާކުރާ މިންވަރު ދަށްވެއްޖެ
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ