23 މެއި 2022
ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގެ ތެރެއިން ރިސޯޓުތަކުގެ ކުލި ކުޑަކުރާ ނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ޓެކްސް އިދާރާ، މީރާއިން މިއަދު ބުނެފި އެވެ.
ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގެ ތެރެއިން ރިސޯޓުތަކުގެ ކުލި ކުޑަކުރާ ނަމަ ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށް ޓެކްސް އިދާރާ، މީރާއިން މިއަދު ބުނެފި އެވެ.
ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން އިގްތިސާދީ ކޮމިޓީގައި މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަސްމާ ޝަފީއު ވިދާޅުވީ، ކޮވިޑްގެ ކުރީގެ ހާލަތަށް ބަލާއިރު ރިސޯޓުތަކުގެ ކުލި ކުޑަކުރުމުން ބޮޑު އާމްދަނީއެއް ގެއްލޭ ކަމަށެވެ.
އެވްރެޖްކޮށް އަހަރެއްގެ މައްޗަށް ރިސޯޓު ކުލީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބެ އެވެ. އެހެންވެ ރިސޯޓު ކުލި ކުޑަކުރުމުން ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 40 ޕަސެންޓުގެ ދަށްވާނެ އެވެ.
"ސަރުކާރުން މި ހުށަހެޅި އިރު މިބަލަނީ އިތުރު އާމްދަނީ ލިބޭނެ ކަންކަން އަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރިސޯޓު ކުލި ކުޑަވި ނަމަވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމުން ނަގާ ޖީއެސްޓީންނެވެ. މައުސޫމް ވިދާޅުވީ، ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަން ހިނގައިގަނެ ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިހާރަށް ވުރެ ފުޅާކުރަން ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.
ރިސޯޓުތަކުގެ ކުލިން ބޮޑު އަދަދެއް މަދުވެގެންދާ އިރު މިއީ މިހާލަތުގައި އަޅަން އެހާ ރަނގަޅު ފިޔަވަޅެއް ނޫން ކަމަށް ގަވަރުނަރު އަލީ ހާޝިމް މިއަދު ކޮމިޓީގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައާ އެކު ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ. އެހާލަތުގައި އާމްދަނީ ދަށްވާނެ ކަމެއް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހާ ގުޅޭ ގޮތުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ، ރިސޯޓު ކުލި ކުޑަކުރަން ތާއީދުކުރައްވާ ކަމަށެވެ. ނަޒީރު ވިދާޅުވީ، މި ބިލްގައިވާ ގޮތުން މިއީ މިނިމަމް ވޭޖާ ގުޅިގެން ރިސޯޓުތަކަށް ލުއި ގޮތްތަކެއް ފަހިކުރަން ގެނައި ބަދަލެއް ނަމަވެސް މިކަމުގެ ފައިދާ ތިން އަތޮޅެއްގެ ރިސޯޓުތަކަށް ނުލިބޭ ކަމަށެވެ.
"ހއ،ހދ،ށ އަދި ގއ، ޏ އަތޮޅުގެ ރެންޓަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތް. އެހެންމަ އަޅުގަނޑުމެން އެކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ، ހަމައެކަނި ކުލި ކުޑަކޮށްގެން ހުއްޓިފައިވާ ރިސޯޓުތައް ހިންގަން އޮތް ހަމައެކަނި ހައްލެއް ނޫން ކަމަށެވެ.
ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ މަގްސަދަކީ މިނިމަމް ވޭޖްގެ ސަބަބުން ލިބުނު ގެއްލުމަށް ލުޔެއް ދިނުން ކަމުގެ ތުހުމަތެއް ވެސް ވަނީ ކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ އެ ބިލް މިނިމަމް ވޭޖާ ގުޅުވާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ބިލު އެކުލަވައިލި ސަބަބަކީ ރާއްޖޭގެ ހުރިހާ ދިމާލަކަށް ޓޫރިޒަމް ފުޅާކުރުމަށްޓަކައި ލޭންޑް ރޭޓުގެ ތަފާތުތަކެއް އެކި ސަރަހައްދުތަކަށް ގެނައުމަށް ކަމަށާއި ސަރުކާރާއި ބައެއް އަމިއްލަ ފަރާތްތަކަށް ރިސޯޓްތަކުގެ ޕާޓްނާޝިޕެއް ގޮތުގައި އޮތުމުން މާލީ އިދާރާތަކުން ދަތިތަކެއް ކުރިމަތިވާތީ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ޓޫރިސްޓުން މަދުވެ، ޓީޖީއެސްޓީ އާމްދަނީ ދަށަށް!
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ
ޓީޖީއެސްޓީގެ އާމްދަނީ 65 ޕަސެންޓް އިތުރުވެއްޖެ
އިގްތިސާދު ކުރިއެރިޔަސް، ހާސްކަން ބޮޑު އަހަރެއް!
ގްރީން ޓެކްސްއާ ގުޅޭ އިސްލާހު މަޖިލީހަށް ހުށަހަޅައިފި
ނުލިބޭ 22 ބިލިއަނުން 17 ބިލިއަނަކީ ރިސޯޓް ކުލި
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
ގްރީން ޓެކްސް އަށް 457 މިލިއަން ރުފިޔާ ލިބިއްޖެ
ޓެކްސް ނުދެއްކުމުން ލައިސަންސް އާކޮށްނުދީ ހިފެހެއްޓޭނެ