މިއަދުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި 17 ޕަސެންޓް ނަގަން ފަށާނެ އެވެ.
01 ޖުލައި 2025
މިއަދުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި 17 ޕަސެންޓް ނަގަން ފަށާނެ އެވެ.
ޓީޖީއެސްޓީއަށް ކުރިން ނަގަމުން އައީ 16 ޕަސެންޓެވެ. އެއީ 2023 ވަނަ އަހަރުން ފެށިގެން ނަގަމުން އައި ރޭޓެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ދައްކަނީ 12 ޕަސެންޓެވެ.
ސަރުކާރުން ޓީޖީއެސްޓީއަށް އެއް ޕަސެންޓު އިތުރުކުރަން އިއުލާނުކުރީ މިިދިޔަ އަހަރު އެވެ. އެ ބަދަލު ގެނެސްފައިވަނީ ފިސްކަލް ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އާމްދަނީ އިތުރުވާނެ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ޓީޖީއެސްޓީއަށް އެއް ޕަސެންޓް އިތުރު ކޮށްގެން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި އެ ޓެކްސްއަށް އިތުރު 202 މިލިއަން ރުފިޔާ ލިބޭނެ އެވެ. ޓީޖީއެސްޓީގެ އިތުރުން އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އާއި ޑިޕާޗާ ފީ އިން އިތުރު 1.5 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސް ބޮޑުކޮށްގެން އިތުރު 964 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.
ޓީޖީއެސްޓީއަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ޓެކްސް އެވެ. މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި ވަރަށް ވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންވެ، އަހަރު ނިމޭ އިރު އެ އަދަދު އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބަ އޮތެވެ.
ސަރުކާރުން 2011 ވަނަ އަހަރުން ފެށިގެން 3.5 ޕަސެންޓުގެ ޖީއެސްޓީއެއް ތައާރަފްކުރި އެވެ. ޖީއެސްޓީއާ ގުޅޭ ގާނޫނުގެ ތެރެއިން ޓޫރިޒަމަށް ހާއްސަ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ ނަގަން ފެށީ 2013 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ޓީޖީއެސްޓީގެ ގޮތުގައި ނެގީ އަށް ޕަސެންޓެވެ.
ޓޫރިޒަމްގެ އާ ގަވާއިދުތަކުން ކުރާނެ އަސަރު ކުޑަކުރަނީ
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ޓޫރިސްޓުން މަދުވެ، ޓީޖީއެސްޓީ އާމްދަނީ ދަށަށް!
ޓޫރިޒަމުން ޖީޑީޕީއަށް ހިއްސާކުރާ މިންވަރު ދަށްވެއްޖެ
ގިނަ ލުއި ދޭތީ ރިސޯޓް ކުލި ނުދައްކަން ހިތްވަރު ލިބޭ
ދައުލަތަށް ނުލިބިހުރި 3.76 ބިލިއަން މީރާއިން ހޯދި
ޓެކްސް އާމްދަނީގެ 45 ޕަސެންޓް ހަތަރު މަހުން ލިބިއްޖެ
ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ދެގުނަ އިތުރު
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
28 ބިލިއަންގެ އާމްދަނީއެއް މީރާ އަށް ބަލައިގަތް