މިދިޔަ ޖެނުއަރީ މަހު އަމަލު ކުރަން ފެށި ބަދަލުތަކާ އެކު ގްރީން ޓެކްސް އިން ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 50 ޕަސެންޓު އިތުރުވެއްޖެ އެވެ.
13 އެޕްރީލް 2025
މިދިޔަ ޖެނުއަރީ މަހު އަމަލު ކުރަން ފެށި ބަދަލުތަކާ އެކު ގްރީން ޓެކްސް އިން ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 50 ޕަސެންޓު އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދަލަތަށް ވަނީ 400 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ގްރީން ޓެކްސް އިން ލިބުނީ 233 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި ކުރިން ހަ ޑޮލަރު ދައްކަމުން އައި ތަންތަނުން މިހާރު ދައްކަނީ 12 ޑޮލަރެވެ. އަދި ތިން ޑޮލަރު ދައްކަމުން އައި ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހެ އެވެ. އެހެންވެ އެއީ ކުރިން ދައްކަމުން އައި އަދަދަށް ވުރެ 100 ޕަސެންޓު އިތުރު އަދަދެކެެވެ.
ސަރުކާރުގެ އަމާޒަކީ ޓެކުހަށް ގެނައި އެ ބަދަލާ އެކު މި އަހަރު ގްރީން ޓެކްސް އިން ޖުމްލަ 964 މިލިއަން ރުފިޔާ ހޯދުމެވެ. ވޭތުވެދިޔަ ތިން މަހުން ދައުލަތުން ގްރީން ޓެކްސް އިން ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުގެ 40 ޕަސެންޓު ވަނީ ހާސިލްވެފަ އެވެ.
ގްރީން ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކުރީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެންނެވެ. އޭގެއިން ވެސް ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށް ވުރެ 35 ޕަސެންޓު އިތުރުވެފަ އެވެ. އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި މިހާތަނަށް ދައުލަތަށް 340 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނީ 233 މިލިއަން ރުފިޔާ އެވެ.
އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީން 17 ޕަސެންޓްގެ ޓެކްސްއެއް ނަގަން ފަށާނެ އެވެ. މިދިޔަ އަހަރު ޓެކްސް ބޮޑުކޮށްގެން ދައުލަތުން އާމްދަނީ ހޯދަން ފެށި އިރު އޭގެ ތެރެއިން 40 ޕަސެންޓު ހޯދަނީ ޓޫރިޒަމް ދާއިރާއިންނެވެ.
ޓެކްސް އާއި ފީތަކަށް ގެނައި ބަދަލުތަކާ އެކު، ދައުލަތުގެ އާމްދަނީ އަށް 2.7 ބިލިއަން ރުފިޔާ އިތުރު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
ގްރީން ޓެކްސް އަށް 457 މިލިއަން ރުފިޔާ ލިބިއްޖެ
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
ޓޫރިސްޓުން މަދުވެ، ޓީޖީއެސްޓީ އާމްދަނީ ދަށަށް!
ގްރީން ޓެކްސްއާ ގުޅޭ އިސްލާހު މަޖިލީހަށް ހުށަހަޅައިފި
ހަ މަހުން ގްރީން ޓެކްސްއަށް 547 މިލިއަން ރުފިޔާ
ރިސޯޓު ކުލި ކުޑަކުރުމުން 590 މިލިއަން ގެއްލޭނެ
ފުރަތަމަ ކުއާޓާގައި ގްރީން ޓެކްސްއަށް 214 މިލިއަން
ގްރީން ފަންޑުން 350 މިލިއަން ރުފިޔާ ތިމާވެއްޓަށް!