24 ނޮވެމްބަރ 2022
ސަރުކާރުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމުން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް މަޓާޓޯއިން ބުނެފި އެވެ.
ސަރުކާރުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމުން، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް މަޓާޓޯއިން ބުނެފި އެވެ.
ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ހިމެނޭ މަޓާޓޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޓެކްސް ބޮޑު ކުރުމުގެ ސަބަބުން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ބުކިންތައް ކެންސަލްވުން އިތުރުވެ، ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ އޮޕަރޭޝަނަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. ޓޫރިޒަމް ދާއިރާގެ ފެސިލިޓީތަކުގެ އާމްދަނީ ދަށްވެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުން ކޮންމެ މީހަކަށް ގާތްގަނޑަކަށް 2،000ރ. މަދުވާނެ ކަމަށް ވެސް މަޓާޓޯއިން ބުންޏެވެ.
ރާއްޖޭގެ އިގްތިސާދު މެނޭޖްކުރުމުގައި އަޅާ ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"ރާއްޖޭގެ ގްރޮސް ނެޝަނަލް އިންކަމްގެ 74 ޕަސެންޓް ޓޫރިޒަމަށް ނިސްބަތްވާ އިރު މިކަމުން އެންމެ ބޮޑަށް އަސަރު ކުރަނީ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް،" މަޓާޓޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
މަޓާޓޯއިން ބުނީ ސަރުކާރުން ކުއްލިއަކަށް ގެނައި މި ބޮޑު ބަދަލާ ގުޅިގެން އެކަން ބަދަލު ކުރަން ބޭރުގެ ޓުއާ އޮޕަރޭޓަރުން ވެސް ސަރުކާރަށް ލޮބީ ކުރަމުން އަންނަ ކަމަށެވެ. މި ހާލަތުގައި ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް ޓެކްސް ބޮޑުކުރި ކުރުން ބަދަލު ކުރުމަށް މަޓާޓޯއިން ވަނީ ސަރުކާރަށް ގޮވައިލައިފަ އެވެ.
ޓޫރިޒަމް ދާއިރާއާ ގުޅޭ މިފަދަ ކަމެއް ނިންމުމުގައި އެ ދާއިރާގެ ފަރާތްތައް ބޭނުންވާ ގޮތައް ބެލުމެއް ނެތި ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމުން މަޓާޓޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޓީޖީއެސްޓީ ބޮޑުކުރުމުން ޓޫރިޒަމްގެ ޑިމާންޑް ގެއްލިދާނެ
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި
ޓޫރިޒަމް ޓެކްސް ބޮޑުކުރަން މުޅި މަޖިލީހުން ފާސްކޮށްފި
ވިޔަފާރިވެރިން ގަޔާނުވިޔަސް ޓެކްސް ބޮޑުކުރަންޖެހޭ:ފަލާހު
ޓެކްސް ބޮޑުކުރާ ނަމަ ގައުމު އިނދަޖެހިދާނެ: ސިޔާމް
ޓީޖީއެސްޓީ ބޮޑުކުރުމުގެ ބަހުސް ނިންމައި، ކޮމިޓީއަށް
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަނީ
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
"ޓޫރިޒަމްގައި އަންހެނުންނަށް އޮތް ހުރަހަކީ ދެކޭ ގޮތް"