07 ޖޫން 2023
ރިޔާދު (ޖޫން 7) - ސައުދީ އަރަބިއާގެ ގަދަ ހަތަރު ކްލަބްގެ ކޮންޓްރޯލް އެ ގައުމުގެ ސަރުކާރުން ބަލަހައްޓާ އިންވެސްޓެމެންޓް ފަންޑުން ނަގައިފި އެވެ.
ރިޔާދު (ޖޫން 7) - ސައުދީ އަރަބިއާގެ ގަދަ ހަތަރު ކްލަބްގެ ކޮންޓްރޯލް އެ ގައުމުގެ ސަރުކާރުން ބަލަހައްޓާ އިންވެސްޓެމެންޓް ފަންޑުން ނަގައިފި އެވެ.
ސައުދީގެ ސްޕޯޓްސް މިނިސްޓްރީން ބުނީ، އިންވެސްޓްމެންޓް ފަނޑުން ބަލަހައްޓާ ހަތަރު ކްލަބަކީ އެ ގައުމުގެ ލީގު އުފެއްދުމުގައި އިސް ނެގި ހަތަރު ކްލަބް ކަމަށްވާ، އައް ނަސްރާއި އަލް އިއްތިހާދާއި އަލް އަހްލީގެ އިތުރުން އަލް ހިލާލް އެވެ. ސައުދީ އިންވެސްޓްމެންޓް ފަންޑަކީ އިނގިރޭސި ވިލާތުގެ ނިއުކާސަލް ޔުނައިޓެޑްގެ ވެސް 80 ޕަސަންޓް ހިއްސާ އޮންނަ ފަންޑެވެ.
ސައުދީގެ އިންވެސްޓްމެންޓް ފަންޑުން ކޮންޓްރޯލް ކުރާނީ އެ ހަތަރު ކްލަބްގެ 75 ޕަސަންޓް ކަމަށް ސައުދީގެ ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ. އަދި ކޮންމެ ކްލަބެއްގައި ހަތް މެންބަރުންގެ ބޯޑެއް އެކުލަވާލުމަށް ފަހު އޭގެ ތެރެއިން ފަސް މީހުން އައްޔަން ކުރާނީ އިންވެސްޓްމެންޓް ފަންޑުންނެވެ.
ސައުދީގެ ލީގު ވަރުގަދަ ކުރުމުގެ ގޮތުން އެ ގައުމުން ވަނީ ދުނިޔޭގެ މަޝްހޫރު ތަރިން އެ ކްލަބްތަކަށް ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. މިދިޔަ ޖެނުއަރީ މަހު ނަސްރުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ އަހަރަށް ސޮއި ކުރުވައިފަ އެވެ. އިއްޔެ އިއްތިހާދުން ވަނީ ރެއާލް މެޑްރިޑްގެ އެންމެ ފަހުގެ ކެޕްޓަން ކަރީމް ބެންޒެމާ ސޮއި ކުރުވައިފަ އެވެ.
ގަދަ ހަތަރު ޓީމުގެ އިތުރަށް ޕްރޯ ލީގުގެ އިތުރު ހަތަރު ކްލަބެއްގެ މިލްކުވެރިކަމުގެ އޮނިގަނޑަށް ވެސް އެހެން ކުންފުނިތަކުން އިންވެސްޓްކުރާ ގޮތަށް ބަދަލު ކުރުމަށް ސައުދީން ވަނީ ނިންމައިފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރަމްކޯއިން އަލް ގާދިސިއާގެ ކޮންޓްރޯލް ނަގާނެ އެވެ. އަލް ދިރިޔާ ކްލަބުގެ ދިރިޔާ ގޭޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ހަވާލުވާނެ އެވެ. އަލް އުލާ ކްލަބު ހިންގަން ރޯޔަލް ކޮމިޝަން ފޯ އަލްއުލާ ގަވާނަރޭޓް ހަވާލުވާނެ އެވެ. އަދި އަލް ސުކޫރު އެފްސީގެ ހިއްސާ ނިއޯމް ކުންފުނިން ނަގާނެ އެވެ. ނިއޯމް އަކީ ސައުދީ އަރަބިއްޔާގެ ހުޅަނގު އުތުރުގައި ހަދަން ރާވާފައިވާ ސްމާޓް ސިޓީ ހެދުމުގެ ޒިންމާ އުފުލާ ކުންފުންޏެވެ.
ސައުދީން ދަނީ އެ ގައުމުގެ ތަރައްގީގެ ޕްލޭން 2030 އަށް އަމާޒުކޮށް މަސައްކަތް ކުރަމުންނެވެ. އެ އަހަރު ބާއްވާ ވޯލްޑް ކަޕު ވެސް އެ ގައުމުގައި ބޭއްވުމަކީ ސައުދީގެ ޓާގެޓެކެވެ.
ސައުދީގެ އާއިލާއަކުން އިންޓަ މިލާން ގަންނަނީ
ކޮރަޕްޝަންގެ ތުހުމަތުގައި ސްޕޭނުގެ އެފްއޭ ރެއިޑްކޮށްފި
އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދައުސާރީ އަށް
ފިރްމީނޯ ވެސް ސައުދީ ލީގަށް ބަދަލުވެއްޖެ
ދަގަނޑޭ ހައްޖަށް، ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ
ސައުދީގައި މެސީ އާއި ރޮނާލްޑޯ ލަނޑުތަކަށް ސަމާލުކަން
އަހަރެންގެ މަސައްކަތް ޔޫރަޕުގައި ފުރިހަމަކޮށްފިން
ސައުދީއަށް ބައިނަލްއަގްވާމީ ފުރަތަމަ މެޗުން ކާމިޔާބު
އަންހެން ގައުމީ ޓީމު އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
ފުޓުބޯޅަ މެޗެއްގައި ބޮން ގޮއްވުން ނާކާމިޔާބުކޮށްލައިފި