Roadha Mihaaru
ކޮރަޕްޝަންގެ ތުހުމަތުގައި ސްޕޭނުގެ އެފްއޭ ރެއިޑްކޮށްފި

ކޮރަޕްޝަންގެ ތުހުމަތުގައި ސްޕޭނުގެ އެފްއޭގެ އޮފީހާއި ރުބިއަލެސްގެ ގެ ވެސް ރެއިޑްކޮށްފި

21 މާޗް 2024

މެޑްރިޑް (މާޗް 21) - ކޮރަޕްޝަންގެ ތުހުމަތުގައި ސްޕޭނުގެ އެފްއޭގެ އޮފީހާއި، އެ އިދާރާގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސްގެ ގެ ފުލުހުން ރެއިޑް ކޮށްފި އެވެ.

މެޑްރިޑް (މާޗް 21) - ކޮރަޕްޝަންގެ ތުހުމަތުގައި ސްޕޭނުގެ އެފްއޭގެ އޮފީހާއި، އެ އިދާރާގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސްގެ ގެ ފުލުހުން ރެއިޑް ކޮށްފި އެވެ.

ފުލުހުން ތަހްގީގު ފެށީ ސްޕެއިންގެ ސުޕަ ކަޕް ބާއްވަން ސައުދީ އަރަބިއާ އަށް ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

އެ އިދާރާގެ އެހެން ވެރިންނާއި ރުބިއަލެސް އަށް މި ތުހުމަތު ކުރެ ވެ އެވެ. ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރާ ފުލުހުން ވަނީ އެފްއޭގެ އޮފީހަށް ވަދެ ބައެއް ސަމާނު ތަހުގީގު ބޭނުމަށް ނަގައިފަ އެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނާ ގާތް އޮފިޝަލަކާ ހަވާލާދީ ދި އެތުލެޓިކް އިން ބުނީ، ތުހުމަތު ކުރެވޭ މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްގެން ތަހުގީގު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އިތުރު ފަސް މީހަކާ ސުވާލު ކުރަން ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދިން އޮފިޝަލާ ހަވާލާދީ އެތުލެޓިކުން ބުންޏެވެ.

ސްޕޭނުގެ އެފްއޭގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ނޫސްވެރިން އެ މަންޒަރު ކަވަރު ކުރަނީ

ސްޕޭނުގެ އެފްއޭގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ނޫސްވެރިން އެ މަންޒަރު ކަވަރު ކުރަނީ

ގްރަނާޑާގައި ހުންނަ ރުބިއަލެސްގެ ގެ ބަލާފާސްކޮށް ގެންދިޔައީ ކޮން އެއްޗެއް ކަމެއް ނޭނގެ އެވެ. އެ ތުހުމަތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ އާ ސުވާލު ކުރަން ފުލުހަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޭނުގެ މީޑީއާތަކުން ބުންޏެވެ.

ސްޕޭނުގެ ފުޓްބޯޅަ ސީޒަން ރަސްމީކޮށް ފަށަން ކުރިން ކުޅެމުން އަންނަ ސުޕަ ކަޕް ސައުދީގައި ބާއްވަން ފެށީ 2019-2020 ސީޒަނުން ފެށިގެންނެވެ. އޭގެ ކުރިން ހޯމް އަދި އަވޭ ދެ މެޗާ އެކު ސުޕަ ކަޕް ކުޅޭނީ ލަލީގާގެ ޗެމްޕިއަން ޓީމާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަން ޓީމުގެ މެދުގަ އެވެ. ސައުދީގައި މުބާރާތް ބާއްވަން ފެށިފަހުން ސީޒަންގެ މެދުތެރެއަށް ތާވަލުކޮށް ހަތަރު ޓީމަށް ފުރުސަތު ދެ އެވެ.

ރުބިއަލެސް އަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އިރު އޭނާ ހުރީ ފުޓްބޯޅައިގެ ހަރަކާތްތަކުން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ސަސްޕެންޑް ކޮށްފަ އެވެ. އެއީ އަންހެން ވޯލްޑް ކަޕް ފައިނަލަށް ފަހު ސްޕެއިންގެ ޖެނީ ހާމޯސޯ އަށް ބޮސް ދިނުމުންނެވެ. އެ މައްސަލައި ޕްރެޝަރު ކުރިމަތިވެ އޭނާ މަގާމުން އިސްތިއުފާ ދިނީ މައްސަލަ ބަލަން ފެށުމުންނެވެ.