ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމާއެކު، ސީޝެލްސް އާއި ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެން ނިންމައިފި އެވެ.
08 ފެބުރުއަރީ 2022
ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމާއެކު، ސީޝެލްސް އާއި ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެން ނިންމައިފި އެވެ.
ގައުމީ އަންހެން ޓީމަށް މިދިޔަ މަހު ހަމަޖެއްސި ސާބިއާގެ ތަޖުރިބާކާރު ކޯޗު ޑޭވޯ ބާބާގެ ބެލުމުގެ ދަށުން ގައުމީ އަންހެން ޓީމު އަންނަނީ މި މަހު ކުޅެން ތާވަލް ކޮށްފައިވާ ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ ތިން މެޗަށް ތައްޔާރުވާން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
މި މަހުގެ 15 އިން 24 އާ ދެމެދު ގަލޮޅު ދަނޑުގައި ބައިނަލްއަގްވާމީ ހަތަރު މެޗެއް ކުޅެން ވަނީ ނިންމައިފަ އެވެ. ފެބްރުއަރީ 15 އަދި 18 ވަނަ ދުވަހުގެ ރޭ ރާއްޖޭގެ ގައުމީ ޓީމުން ސީޝެލްސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭނީ ފެބްރުއަރީ 24 ވަނަ ދުވަހުގެ ރެއެވެ. އޭގެ ކުރިން 20 ވަނަ ދުވަހުގެ ރޭ ސީޝެސްލް އާއި ސައުދީ އަރަބިއްޔާގެ މެޗެއް ވެސް ކުޅެން ވަނީ ހަމަޖެހިފަ އެވެ.
ކޯޗު ބާބާ އާއެކު ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
ގައުމީ ސީނިއާ ސްކޮޑަށް އަލަށް ގުޅުނު ގިނަ ކުޅުންތެރިންނާއެކު ފަތިތަކުރުންތައް ކުރިޔަށް ގެންދާއިރު، ޓީމުގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ ސުމާ މުހައްމަދާއި އާމިނަތި ޝާމިލާގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓް (އޭސީއެލް) އަދި މިނިސްކަސް ސާޖަރީއެއް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ހަދައިފަ އެވެ.
ކޮވިޑް-19 އާ ހެދި މިދިޔަ އަހަރު ނުބޭއްވުނު އަންހެން ސާފް ޗެމްޕިއަންޝިޕް މުބާރާތް މި އަހަރުގެ އޮގަސްޓް މަހު ނޭޕާލުގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އަދި މުޅިން އާ ފޯމެޓަކަށް ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕް ސީޒަން ވެސް ވަނީ ފަށައިފަ އެވެ.
ސެންޓްރަލައިޒްކޮށް، ކުރިން މާލޭގައި އަންހެނުންގެ ކްލަބް ފުޓުބޯޅަ މުބާރާތް ތިން އަހަރު ބޭއްވި އެވެ. ނަމަވެސް މި ސީޒަނުގައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންވިޓޭޝަނަލް މުބާރާތެއް ބާއްވައި، ޗެމްޕިއަނުންގެ މެދުގައި ފައިނަލް ބުރު ކުޅޭ ގޮތަށް އަންހެން ލީގުގެ ކުޅުން ފަށައިފަ އެވެ.
އަންހެން ލީގް ފެށުމުގެ ގޮތުން އިންވިޓޭޝަނަލް މުބާރާތް ފުރަތަމަ ކުރިއަށް ގެންދިޔައީ ފަސް ޓީމާއެކު ޅ. ނައިފަރުގަ އެވެ. ހދ. ކުޅުދުއްފުށްޓާއި ލ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން، މާލޭގައި ވެސް ދިވެހި ޕްރިމިއާ ލީގް އަށް ކުލަބްގެ އަންހެން ފުޓުބޯޅަ ޓީމު ހިމެނޭހެން އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ އަންހެން ޗެމްޕިއަނުންނަށް ހޮވޭނީ، އިންވިޓޭޝަނަލް މުބާރާތްތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރު ކާމިޔާބު ކުރާ ޓީމެކެވެ.
އެފްއޭއެމުން ބުނާގޮތުގައި ނައިފަރުގައި އޮތް މުބާރާތަށް ފަހު، ދެން އެންމެ އަވަހަށް ބާއްވަން މަސައްކަތް ކުރަނީ ލ. އަތޮޅުގައި ބާއްވާ އިންވިޓޭޝަނަލް ކަޕެވެ.
ސައުދީއަށް ބައިނަލްއަގްވާމީ ފުރަތަމަ މެޗުން ކާމިޔާބު
ދަގަނޑޭ ހައްޖަށް، ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ
ރޯދަ މަހު ކުޅެން ޖެހޭތީ އަންހެން ޓީމު ވާދަނުކުރާނެ
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކުރާތީ ނުރުހުން
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ
"ބައިވެރިނުވީ އަމާޒެއް ނެތް މުބާރާތަކަށް ވާތީ"
ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް
ސައުދީ ފަންޑުގެ ސީއީއޯއަށް ޝަރަފުގެ އިއްޒަތް
ސައޫދީ ފަންޑާ އެކު މުހިންމު ދެ އެއްބަސްވުމެއް!