ސިންގަޕޯ އެއާލައިނުން ހުރިހާ ކްލާހެއްގައި ދަތުރު ކުރާ ފަސިންޖަރުންނަށް ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވައިފައި ދޭން ނިންމައިފި އެވެ.
04 ޖޫން 2023
ސިންގަޕޯ އެއާލައިނުން ހުރިހާ ކްލާހެއްގައި ދަތުރު ކުރާ ފަސިންޖަރުންނަށް ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވައިފައި ދޭން ނިންމައިފި އެވެ.
ސިންގަޕޯ އެއާލައިނުން ބުނި ގޮތުގައި ޖުލައި މަހުން ފެށިގެން ޕްރިމިއަމް އިކޮނޮމީ އާއި އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް ވެސް ވައިފައި ލިބޭނެ އެވެ.
ހުރިހާ ފަސިންޖަރުންނަށް ވައިފައި ލިބޭނެ ގޮތް ހަމަޖައްސަން ނިންމީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ފަސިންޖަރުންނަށް އާއިލާ އާއި ރައްޓެހިންނަށް ވައިފައިގެ ޒަރީއާއިން މުއާމަލާތް ކުރެވޭނެ ގޮތް ފަހިކޮށްދީ، މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް މަސައްކަތް ވެސް ކުރެވޭނެ ގޮތް ހަދައިދޭން ކަމަށް އެ އެއާލައިނުން ބުނެ އެވެ. އަދި މިއީ ހުރިހާ ފަސިންޖަރުންނަށް ބޭނުން ހިދުމަތެއްގެ ގޮތުގައި ފާހަގަވެފައި ވާތީ ފަސިންޖަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ތައާރަފްކުރާ ހިދުމަތެއް ކަމަށް އެ އެއާލައިނުން ބުނެ އެވެ.
ސިންގަޕޯ އެއާލައިނުން ވައިފައިގެ ހިދުމަތް ދޭނީ ގްލޯބަލް އެސްއައިއޭ ރައުޓާ މެދުވެރިކޮށެވެ. މި ހިދުމަތް ހޯދުމަށް ފްލައިޓް ބުކިން އޮންލައިންކޮށް ހައްދާ އިރު "މެނޭޖް ބުކިން އޮންލައިން" އަށް ގޮސް "ކްރިސްފްލަޔާ މެމްބާޝިޕް" ޑީޓެއިލް ޖަހަން ޖެހޭނެ އެވެ.
"ކްރިސްފްލަޔާ މެމްބާޝިޕެއް" ނެތް ނަމަ ޗެކިން ވާއިރު ހިލޭ ސައިން އަޕް ވެވޭނެ އެވެ. އަދި ފްލައިޓުގައި ވެސް އެސްއައިއޭ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފޯނުން ވައިފައިއާ ކަނެކްޓު ކުރެވޭނެ އެވެ.
ފަސްޓް ކްލާސް އާއި ބިޒްނަސް ކްލާހުގައި ދަތުރު ކުރާ ފަސިންޖަރުންނަށް ސިންގަޕޯ އެއާލައިނުން މިހާރު ވެސް ވައިފައި ދެ އެވެ. އަދި ކްރިސް ފްލަޔާ މެމްބާޝިޕް އޮންނަ ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގެ ފަސިންޖަރުންނަށް ދެ ގަޑިއިރުގެ ވައިފައިގެ ހިދުމަތް ލިބެ އެވެ.
ސިންގަޕޫރު ކޯޗު ފާހަގަކުރީ ރާއްޖޭން ކުޅުނު ގޭމް
ޖޫސްޕެޓީއަކުން އުފަންވި "ޕެޓީސް" ފެކްޓްރީއަކަށް
ޓޯޓަލްފިޒިއޯ:ހިލޭ ކޮންސަލްޓޭޝަނާއެކު ޒަމާނީ ފިޒިއޯތެރަޕީ
އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާ އެކު
އިންޑޯމިލްކްގެ ބޮޑު އިނާމު ދިނުން އަންނަ ހުކުރު ދުވަހު
އެލިއާގެ ސްޓޯލަށް ޒިޔާރަތް ކުރުމުން އިނާމުތަކެއް
އެމްޑަބްލިއުއެސްސީއަށް 30 އަހަރު، ގިނަ ހަރަކާތްތަކެއް
ސިންގަޕޯ އެއާލައިންގެ އޮފާތައް އަންނަ މަހުގެ ނިޔަލަށް
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް