Roadha Mihaaru

ސިންގަޕޯ އެއާލައިންސުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްލާހަށް އަޕްގްރޭޑެއް

ސިންގަޕޯ އެއާލައިންސުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްލާސް ސީޓުތަކަށް އިތުރު ޖާގަ ލިބޭ މަތިންދާބޯޓުތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ސިންގަޕޯ އެއާލައިންސުން ރާއްޖޭގެ ރޫޓަށް އަޕްގްރޭޑެއް

ސިންގަޕޯ އެއާލައިންސުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްލާސް ސީޓުތަކަށް އިތުރު ޖާގަ ލިބޭ މަތިންދާބޯޓުތަކަށް ބަދަލުކުރަން ނިންމައިފި އެވެ.

އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި މިހާރު ބޭނުންކުރަމުން އަންނަނީ އޭ350 މީޑިއަމް ހޯލް މަތިންދާބޯޓުތަކެވެ.

ނަމަވެސް، އަންނަ މަހުން ފެށިގެން، އެ ދަތުރުތަކުގައި އެ އެއާލައިންގެ އޭ350 މަރުކާގެ ލޯންގް ހޯލް މަތިންދާބޯޓުތަކަށް ބަދަލުކުރަން ނިންމާފައިވާ ކަން ވަނީ އިއުލާނުކޮށްފަ އެވެ.

މި ބަދަލުގެ ސަބަބުން، ސީޓުތަކުގެ އަދަދު މަދުވިޔަސް، ބިޒްނަސް ކްލާސް ސީޓުތަކުގައި ޖާގަ އިތުރުވާނެކަމަށް އެ އެއާލައިނުން ބުންޏެވެ.

ސިންގަޕޯ އެއާލައިންސްއިން މިހާރު ރާއްޖެއަށް ދުވާލަކު ދެ ފްލައިޓު ބާއްވަމުން އަންނައިރު، އޭގެ ތެރެއިން އެއް ފްލައިޓު ވަނީ އަންނަ މަހުން ފެށިގެން ލޯންގް ހޯލް މަތިންދާބޯޓަކަށް ބަދަލުކޮށްފަ އެވެ.

އޮސްޓްރޭލިޔާ، ޔޫރަޕު އަދި އެމެރިކާއިން ފަދަ ދުރު ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް މި ބަދަލުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.