01 ޖޫން 2023
ސ. މަރަދޫފޭދޫގައި ރޭ ހިންގި މާރާމާރީގައި ބޭބެ މަރާލުމަށް ފަހު، އަމިއްލަ އަށް އައްޑޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ކޮއްކޮ، ހުސެއިން މަވާޒު މިއަދު ހައްޔަރުކޮށްފި އެވެ.
ސ. މަރަދޫފޭދޫގައި ރޭ ހިންގި މާރާމާރީގައި ބޭބެ މަރާލުމަށް ފަހު، އަމިއްލަ އަށް އައްޑޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމުން ކޮއްކޮ، ހުސެއިން މަވާޒު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އުމުރުން 25 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުރީ، އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މަރަދޫފޭދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަހުމަދު ޝުއައިބު މަރާލީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ އެ ދެ ފިރިހެނުން ވެސް ގޭގައި ހިނގި މައްސަލައެއްގައި ކަމަށެވެ.
އެ މައްސަލާގައި ޒުވާބު ހޫނުވެ، މަވާޒު، އޭނާގެ ބޭބެ ޝުއައިބަށް ހަމަލާދިނީ އެ ރަށުގެ ބޮޑުމަގުގައި ހުންނަ އެ މީހުންގެ ގެ ކައިރީގައި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. ބޭބެގެ ކަރަށް ހަމަލާދިނީ ކަތުރަކުން ކަމަށް ވަނީ އެނގިފަ އެވެ.
ހަމަލާދިނުމާ އެކު، ޝުއައިބަށް ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންދިޔަ އެވެ. އޭނާ މަރުވީ އެ ތަނުގައި ފަރުވާ ދެމުންދަނިކޮށެވެ.
ހޮސްޕިޓަލާ ހަވާލައިދީ "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުނީ ޝުއައިބުގެ ކަރުގެ މައި ނާރުތައް ހުރީ ބުރިވެފައި ކަމަށެވެ.
މަރަދޫފޭދޫގައި ޒުވާނަކަށް ހަމަލާދީ މަރާލައިފި
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ހަމަލާ ދިން ކުދިން ރެކްރޫޓު ކުރީ އޮންލައިން ގޭމަކުން!
މަރަދޫފޭދޫގައި ކުއްޖަކަށްފުލުހުން އަނިޔާކުރި މައްސަލައެއް
ހިތަދޫގައި ހަމަލާ އަމާޒުވި އެކަކީ މާބަނޑުމީހެއް!
ހިތަދޫގައި ޒަހަމްވި މީހާ ފަރުވާއަށް މާލެ ގެންނަނީ
ހިތަދޫގައި އަނެއްކާވެސް ދެ މީހަކު ޒަހަމްކޮށްލައިފި
ހިތަދޫގައި ބައެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
މަރާލި ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައިފި
ފޭދޫގެ ގުރޫޕު މާރާމާރީއެއްގައި 7 މީހަކު ޒަހަމްވެއްޖެ