Roadha Mihaaru
މަރަދޫފޭދޫގައި ޒުވާނަކަށް ހަމަލާދީ މަރާލައިފި

އައްޑޫ މަރަދޫފޭދޫގައި ޒުވާނަކަށް ހަމަލާދީ މަރާލައިފި

01 ޖޫން 2023

ސ. މަރަދޫފޭދޫގައި ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސ. މަރަދޫފޭދޫގައި ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލައިފި އެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖުގައި ބުނީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ރިޕޯޓެއް ރޭ 11:38 ގައި ލިބިފައިވާ ކަމަށެވެ.

ނަމަވެސް، އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެންމީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.