މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
29 އޮކްޓޯބަރ 2018
މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރީގައި ހިންގި މި މާރާމާރީގައި ޒަހަމްވެފައި ވަނީ މި މަހުގެ ކުރީކޮޅު މާލޭގައި ހިންގި މާރާމާރީގައި މަރާލާފައިވާ އިސްމާއިލް ޝައްފާން ޝަރީފްގެ 14، ދެބެންގެ ދެ ދަރި މީހެއް ކަމަށްވާ އަހުމަދު ރިޔާޒް 28، އެވެ.
ޝައްފާންގެ ބައްޕަ އަދި ހޮނިހިރު ދުވަހުގެ މާރާމާރީގައި އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ރިޔާޒްްގެ ބޮޑުބޭބެ އަބްދުﷲ ޝަރީފް އަލީ "މިހާރު" އަށް ބުނީ ރިޔާޒްގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާ އަށް ފަރުވާ ދެނީ އޭޑީކޭގެ އައިސީޔޫގައި ކަމަށެވެ.
"ރިޔާޒްގެ ހާލު ސީރިއަސް. އެކަމަކު ކުރިއަށް ވުރެ މިހާރު ވަރަށް ބޮޑުތަން ރަނގަޅު،" ޝަރީފް ބުންޏެވެ.
އޭނާ ބުނީ ރިޔާޒްގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރިޔާޒްގެ ފުއްޕާމެ އާއި އެޕެންޑިކްސް ކައިރިން ކަނާތު ފައިގެ އުކުޅުވަޅަށް ވެސް ވަޅި ހަރާފައި ވާކަމަށް ޝަރީފް ބުންޏެވެ.
"ރިޔާޒްގެ އަތު ހުޅު ކައިރިން ނާރެއް ވެސް ބުރި ވެފައި ހުރީ،" ރިޔާޒަށް ލިބުނު އަނިޔާގެ ސީރިއަސްކަން ކިޔައިދެމުން އޭނާގެ ބޮޑުބޭބެ ޝަރީފް ބުންޏެވެ.
ރިޔާޒަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުންނާ މަޝްވަރާ ކޮށްފައި ވީ ނަމަވެސް، އަދި ވަކި ގޮތަކަށް ނުނިންމާ ކަމަށް އޭނާ ބުންޏެވެ.
ޝަރީފް ބުނިގޮތުގައި އޭނާގެ ދަރިފުޅަށް ހަމަލަދީ މަރައިލުމާއި ރިޔާޒަށް ބަޔަކު ދިން ހަމަލައާ ގުޅުމެއް އޮތް ކަމަށް މިހާތަނަކަށް ފުލުހުން ނުބުނެ އެވެ.
ރިޔާޒަށް ހަމަލަދިން މައްސަލައާ ގުޅޭ ގޮތުން ފުލުހުން މީޑިއާ އަށް ތަފްސީލެއް ނުދެ އެވެ. އަދި ރިޔާޒަށް ހަމަލާދިން ކަމަށް ބުނާ މީހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވިޔަސް، ފުލުހުން މި މައްސަލައާ ގުޅިގެން ރަސްމީކޮށް މީހަކު ހޯދާކަށެއް އިއުލާން ކޮށްފައެއް ނުވެ އެެވެ.
އެނގިފައިވާ ގޮތުގައި ރިޔާޒަށް ހަމަލަ ދިން މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެ އެވެ.
ދާދި ފަހުން މާލޭގައި މާރާމާރީތައް އަނެއްކާ ވެސް އާންމުވެފައި ވުމުން ފުލުހުން ވަނީ މިކަމާ ގުޅިގެން މީހުން ފާސްކުރުމުގެ ހަރަކާތެއް ހިންގައިފަ އެވެ. ނަމަވެސް މި މާރާމާރީތަކުގެ އިތުރު ތަފްސީލެއް ފުލުހުންނެއް އާންމެއް ނުކުރެ އެވެ.
ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ އަދިވެސް ހޭނާރާ
މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީފި
ވަޅިން ހަމަލާދީ 14 އަހަރުގެ ކުއްޖަކު މަރާލައިފި
ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި
މާލޭގައި ވަޅި ހަރައި މީހަކު ޒަހަމްކޮށްލައިފި
ހުޅުމާލޭގައި މީހަކު މަރާލައިފި، މާލޭގައި ވެސް މާރާމާރީ
ނަދީމް މަރާލީ ބަދަލު ހިފަން، މައްސަލަ ޝަރީއަތަށް
ރޭގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
ވަޅިން ހަމަލަދީ ޒުވާނަކު މަރާލައިފި
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 8 މީހަކު ދޫކޮށްލައިފި