Roadha Mihaaru
ވަޅިން ހަމަލަދީ ޒުވާނަކު މަރާލައިފި

ވަޅިން ހަމަލަދީ ޒުވާނަކު މަރާލައިފި

24 ސެޕްޓެމްބަރ 2017

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކަށް ވަޅިން ހަމަލާދީ އުމުރުން 19 އަހަރުގެ ޒުވާނަކު މަރާލައިފި އެވެ

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކަށް ވަޅިން ހަމަލާދީ އުމުރުން 19 އަހަރުގެ ޒުވާނަކު މަރާލައިފި އެވެ

މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ހިންގި މި މާރާމާރީއާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ ވ. ކެޔޮދޫ ދޭލިއާގޭ (މ. މުއްދު) މޫސާ އަހުމަދެވެ.

މި ހަމަލާދިނުމަށް ބޭނުންކުރި ވަޅި އާއި ހަމަލާދޭން ދިޔަ މީހުން ދުއްވި ދެ ސައިކަލެއް މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވެ އެވެ.

މާލޭގައި މިރޭ ހަމަލަ ދިނުމަށް ބޭނުންކުރި ވަޅި މަގުމައްޗަށް ވެއްޓިފައިވާއިރު، އެތަނުގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން.

މާލޭގައި މިރޭ ހަމަލަ ދިނުމަށް ބޭނުންކުރި ވަޅި މަގުމައްޗަށް ވެއްޓިފައިވާއިރު، އެތަނުގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން.

ވަޅީގެ ހަމަލާގައި ޒަހަމްވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ ޒުވާނާ މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށެވެ.

ފުލުހުން އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ދެވަނަ މީހާ އަށް (އުމުރުން 24 އަހަރު) އައިޖީއެމްއެޗްގައި މިހާރު ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މިދިޔަ ޖުލައި މަހު ވެސް، މާލޭގައި ދެ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. އޭގެ ތެރެއިން ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް 24، ގެ ބޮލަށް ޖުލައި 27 ވަނަ ދުވަހުގެ ރޭ ވަޅި ހަރައި މަރާލީ ޓާމިނަލް ކެފޭގެ ތެރޭގައި އިންދަ އެވެ. އަދި ރ. މީދޫ ފެންފިޔާޒުގޭ އަހްމަދު އަނަސް 25، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލީ ޖުލައި 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ. މި ދެ މަރާ ގުޅިގެން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައިގެ ތުހުމަތަށް އަދިވެސް ފުލުހުން އަންނަނީ މީހުން ހޯދަމުންނެވެ.