Roadha Mihaaru
ރޭގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

ރޭގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

24 ސެޕްޓެމްބަރ 2017

މާލޭގައި ރޭ ހިންގި މާރާމާރީގައި ދެ މީހަކަށް ވަޅިން ހަމަލާދީ، އުމުރުން 19 އަހަރުގެ ޒުވާނަކު މަރާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި ރޭ ހިންގި މާރާމާރީގައި ދެ މީހަކަށް ވަޅިން ހަމަލާދީ، އުމުރުން 19 އަހަރުގެ ޒުވާނަކު މަރާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ބަޔަކު ހައްޔަރުކުރި ކަން ކަށަވަރުކޮށްދިނުމުގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ ވ. ކެޔޮދޫ ދޭލިއާގޭ (މ. މުއްދު) މޫސާ އަހުމަދެވެ.

މި ހަމަލާދިނުމަށް ބޭނުންކުރި ވަޅި އާއި ހަމަލާދޭން ދިޔަ މީހުން ދުއްވި ދެ ސައިކަލެއް މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވެ އެވެ.

މާރާމާރީގައި ޒަހަމްކޮށްލި ދެވަނަ މީހާ އަށް އައިޖީއެމްއެޗްގައި މިހާރު ވެސް އަންނަނީ ފަރުވާދެމުންނެވެ.

މިދިޔަ ޖުލައި މަހު ވެސް، މާލޭގައި ދެ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. އޭގެ ތެރެއިން ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް 24، ގެ ބޮލަށް ޖުލައި 27 ވަނަ ދުވަހުގެ ރޭ ވަޅި ހަރައި މަރާލީ ޓާމިނަލް ކެފޭގެ ތެރޭގައި އިންދަ އެވެ. އަދި ރ. މީދޫ ފެންފިޔާޒުގޭ އަހްމަދު އަނަސް 25، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލީ ޖުލައި 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ. މި ދެ މަރާ ގުޅިގެން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައިގެ ތުހުމަތަށް އަދިވެސް ފުލުހުން އަންނަނީ މީހުން ހޯދަމުންނެވެ.