Roadha Mihaaru
ހިތަދޫގައި ބައެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

ހިތަދޫގައި ބައެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި

17 ސެޕްޓެމްބަރ 2021

އައްޑޫ ހިތަދޫގައި ބައެއްގެ ގަޔަށް ވަޅި ހަރައި މިއަދު ޒަހަމްކޮށްލައިފި އެވެ.

އައްޑޫ ހިތަދޫގައި ބައެއްގެ ގަޔަށް ވަޅި ހަރައި މިއަދު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12 ޖަހާކަންހާ އިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ހިތަދޫ ފްލެޓު ސަރަހައްދުގައި ކަމަށެވެ. މާރަމާރީގައި އަނިޔާވެފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައިި ތޫނު އެެއްޗަކުން ދެ މީހަކަށް ހަމަލާ ދީފައިވާ އިރު އޭގެ ތެރެއިން އެކަކަށް ސީރިސް ގެއްލުންތަކެއް ލިބިފައިވެ އެވެ. އެގޮތުން އޭނާގެ ބޮލާއި ކަރަށް ހަމަލާދީފައިވެ އެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ލިބޭ ގޮތެއް ނުލިބެ އެވެ. އެންމެ ބޮޑަށް ޒަޚަމްވި މީހާއަށް ފަރުވާ ދެނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

އައްޑޫގައި ޒަހަމްކޮށްލި މީހުންގެ ލޭތައް ގޭތެރޭގައި. -- ފޮޓޯ: މިހާރު

އައްޑޫގައި ޒަހަމްކޮށްލި މީހުންގެ ލޭތައް ގޭތެރޭގައި. -- ފޮޓޯ: މިހާރު

މި ހާދިސާއާ ބެހޭ ގޮތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ތޫނު އެއްޗަކުން ދެ މިހަކަށް ހަމަލާދިނީ އެ މީހުން ފްލެޓަށް ވަންނަން ދަނިކޮށް ތޫނު އެއްޗެއް ހިފައިގެން އައި ޒުވާނެކެވެ. އަދި އޭނާ ހަމަލާދޭން އުޅުމުން އެ މީހުން ދުވެފައި ގޮސް ފްލެޓްތަކުގެ ތެރެއަށް ވަނުމުން އެ މީހުންގެ ގަޔަށް ހަމަދިނީ ކަމަށެވެ.

މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

އެ ހަމަލާ ދިން ތަނުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ފްލެޓުގެ ސިޑި މައްޗާއި ސިޓިން ރޫމު ތެރޭ ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިން ވެސް ހިތަދޫ ފްލެޓް ސަރަހައްދުގައި މާރާމާރީ ހިންގުމުގެ ހާދިސާތައް ހިންގާފައިވެ އެވެ.