01 ޖޫން 2023
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނީ އައްޑުއަށް ބިން އިތުރުކުރެވޭ ސަރަހައްދުގައި ހުރި 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގާ ނެދަލެންޑްސްގެ ކުންފުނި ވެން އޫޑު އިންނެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރަން ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ މި ބޮޑު މަޝްރޫއުގެ ސަބަބުން ތިމާވެއްޓާ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައި ވާތީ ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ޖަމިއްޔާތަކުން މި މަސައްކަތް ހުއްޓާލަން ވެސް ގޮވައިލި އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ މި މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
މުރަކަ ބަދަލުކުރާ މައްސަލާގައި ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ ކުންފުނިން މި ހަފުތާގައި ވަނީ އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އެ މަސައްކަތް ފަށަނީ މަރަދޫ އަދި މަރަދޫ-ފޭދޫ ސަރަހައްދުންނެވެ. އެ ދެ ރަށުގައި ބަންޑް އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، ހިތަދޫ ޒޯން 1 އަދި 2 ގެ ބަންޑު އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ޓޫރިޒަމްގެ ބޭނުމަށް ވަކިން ހިއްކާ ރަށްތަކުގެ ތެރެއިން ދެ ރަށެއްގެ ބަންޑު އެޅުމުގެ މަސައްކަތް ނިމި ތިންވަނަ ރަށުގެ ބަންޑު އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ބިން ހިއްކާ ރަށްތައް ގުޅުވާލުމަށް އަޅާ ހަތަރު ލޭނުގެ ލިންކް ރޯޑުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ނިމިފައިވާ ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި އައްޑޫގައި ހިންގާ މި މަޝްރޫއުގައި ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވެ އެވެ.
ގާ ހުދުވާތީ ބިން ހިއްކުން މަޑުޖައްސާލަން އެދިއްޖެ
އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
އައްޑޫގެ ބިން ހިއްކަން ބޭނުންވާ ސާމާނު ގެންގޮސްފި
ގަވާއިދާ ޚިލާފުވުމުން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފި
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
ފިޔަވަޅުތައް އުވާލައި ބިން ހިއްކަން އަލުން ހުއްދަ ދީފި